ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ކ. އަތޮޅު ގްރޫޕް އޭ އިން މާފުށި ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލިއިރު، ސެމީގެ ފުރުސަތު ހޯދުމަށް ދިއްފުށްޓާއި ގާފަރު ގަދަހިފުމަކަށް ދާން ޖެހިއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުތަކަށް ބަލާއިރު، ދިއްފުށި އަތުން މާފުށި ވަނީ 3-2 އިން މޮޅުވެފަ އެވެ. އަދި ގާފަރުން ވަނީ ހިންމަފުށި އަތުން 11-2 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި މި ވަގުތު އޮތް ގާފަރާއި ދެ ވަނައިގައި އޮތް މާފުށްޓަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދިއްފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހިންމަފުށްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕްގެ ފަހު މެޗުތަކުގައި، މާފުށިން ހިންމަފުށްޓާ ދެކޮޅަށް ކުޅޭއިރު، އެ ޓީމު މިހާރު ވެސް ވަނީ ކަޓައިފަ އެވެ. އަނެއް މެޗުގައި ގާފަރުން ދިއްފުށްޓާއި އެއްވަރުކޮށްލައިގެން ވެސް އަތޮޅު ސެމީ އަށް ދާނެ އެވެ. ދިއްފުށްޓަށް ސެމީ ފައިނަލަށް ދަތުރުކުރެވޭނީ ގާފަރު ބަލިކޮށްގެންނެވެ.
މާފުށްޓަށް އިއްޔެގެ މެޗުގައި ލަނޑުތައް ޖަަަހައިދިނީ، އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި)، އިސްމާއިލް މަފާޒް އިބްރާހިމް އަދި އަހުމަދު ޝަމާލް އެވެ. ދިއްފުށީގެ ލަނޑުތައް ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އާއި އަހުމަދު މާޒިން އެވެ.
ގާފަރަށް ލަނޑުތައް ޖަހައިދިނީ، ޝަނާން ރަޝާދު، ސަނީމް އިސްމާއިލް، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއްގެ އިތުރުން، ސާމިން މުހައްމަދު ނަސީރު ދެ ލަނޑެވެ. ދެން އެ ޓީމުގެ ގޯލުތައް ޖެހީ، އަލީ މާއިޝް (މައްޓު)، އިބްރާހިމް ރިމާހު (ރިމޭ) އަދި ހިންމަފުށީ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހިންމަފުށީގެ ލަނޑުތައް ޖެހީ، ހުސެއިން ނާފިޒް އާއި ގާފަރުގެ އަޒްޔާން އިބްރާހިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ކ. އަތޮޅު ގްރޫޕް ބީގައި އިއްޔެ، ގުރައިދޫން ވަނީ 3-2 އިން ގުޅި ބަލިކޮށްފަ އެވެ. އަދި ކާށިދޫން ވަނީ 5-1 އިން ތުލުސްދޫ އަތުން މޮޅުވެފަ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ކާށިދޫ އާއި ދެ ވަނައިގައި އޮތް ގުރައިދޫ އަށް ހަަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ގުޅި އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެެވެ. އަދި ފުލުގައި އޮތް ތުލުސްދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގުރައިދޫ އަށް އިއްޔެގެ މެޗުގައި ލަނޑުތައް ޖަަހައިދިނީ، އަހުމަދު ރިސްފާން (ރިއްޕެ) ދެ ގޯލާއި އަބްދުﷲ ޝަޔަމް އެވެ. ގުޅީގެ ގޯލުތައް ޖެހީ، އާދަމް ނަސީރު އާއި މުހައްމަދު ނަވީން އެވެ. ކާށިދޫ އަށް މެޗުގައި ލަނޑުތައް ޖަހައިދިނީ، އަބްދުﷲ ސުޒެއިރު އާއި ޝައްފާން ހަލީމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިސްމާއިލް ރަޔާން އެވެ. ތުލުސްދޫގެ ލަނޑު ޖެހީ އާދަމް އަޒްމީން އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ކުޅޭ މެޗުތައް:
16:00: ށ. ސެމީ ފައިނަލް: މިލަންދޫ - ނަރުދޫ
16:00: ށ. ސެމީ ފައިނަލް: ކަނޑިތީމު - ބިލެއްފަހި
17:00: ނ. ހޮޅުދޫ - ނ. މިލަދޫ
----------------------------------------
20:00: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ
21:00: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ
21:00: ގދ. ފިޔޯރީ - ގދ. ގައްދޫ
22:00: ސ. ހުޅުދޫ - ސ. ފޭދޫ
22:00: ސ. ހިތަދޫ - ސ. މީދޫ
23:00: ފ. ފީއަލި - ފ. ނިލަންދޫ
23:00: ފ. ބިލެއްދޫ - ފ. ދަރަނބޫދޫ












