ގޯލްޑަން ފުޓްސަލް ޗެލެންޖް: ގއ އަތޮޅު ސެމީގައި ދާންދޫ، ނިލަންދޫ، ދެއްވަދޫ އަދި ވިލިނގިލި

Jan 19, 2025, 5:19 AM
ރޭ ވިލިނގިލި އާއި ކޮލަމާފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ރޭ ވިލިނގިލި އާއި ކޮލަމާފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތައް ވަނީ ކަށަވަރުވެއްޖެ އެވެ.

ފޯރިގަދަކޮށް ކުރިއަށްދިޔަ ގއ. އަތޮޅުން، މި ފަހަރު ސެމީ ފައިނަލަށް ދަތުރުކުރީ، ގްރޫޕް އޭ އިން ދާންދޫ، ނިލަންދޫ އަދި ގްރޫޕް ބީ އިން ދެއްވަދޫ އާއި ވިލިނގިލި އެވެ.

ދާންދޫ އިން ރޭ 2-1 އިން ގެމަނަފުށި ބަލިކުރިއިރު، އެ މެޗުގައި ދާންދޫގެ ތަރި އަހުމަދު ހަސަން (އަންމަޑޭ) ދެ ގޯލު ޖެހިއިރު، ގެމަނަފުށީގެ ގޯލު މެޗުގެ ފަހު ވަގުތު ޖެހީ އަލްތޯފު ރަޝާދު އެވެ.

ނިލަންދޫން ވަނީ ރޭ ކަނޑުހުޅުދޫ 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގެ ފަހުކޮޅުގައި ކަނޑުހުޅުދޫގެ އައްޒާމް އަލީ ދީދީ އަށް ރަތް ކާޑު ދެއްކިއިރު، އޭގެ ފަހުން،، މެޗު ފަހު ވަގުތު ގޯލު ޖެހީ ނިލަންދޫގެ މައުފޫޒް އާދަމް އެވެ.

މުބާރާތުގައި ތަފާތު ނަތީޖާތަކެއް ނެރެމުން އައި، ދެއްވަދޫ ރޭ ކުޅުނު މެޗުން މާމެންދޫއާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މި މެޗުގައި، ދެއްވަދޫގެ ލަނޑުތައް ޖެހީ، އެ ޓީމުގެ ކެޕްޓަން، އަހްނަފް ރަޝީދާ (އަހުއްކޮ) އާއި ހުޒައިފަތު ރަޝީދު (ހުޒޭ)ގެ އިތުރުން މުހައްމަދު އިމްރާން (އިންމި) އެވެ.

އަދި މާމެންދޫގެ ގޯލުތައް ޖެހީ ރައުހާން ރިއްފަތު، ޝަމްވީލް މުހައްމަދު އަދި އަލީ މައްސޫދު ސައީދު އެވެ.

ވިލިނގިލިން ފޯރިގަދަ މެޗެއް ކުޅެ، ކޮލަމާފުށީގެ މައްޗަށް ކުރިހޯދީ 4-3 އިންނެވެ. ވިލިނގިލީގެ ލަނޑުތައް ޖެހީ، އައުޝަމް ރަޝާދު، އިސްމާއީލް އަޒީޒް، މުހައްމަދު ޝުހާމްގެ އިތުރުން، ކޮލަމާފުށީގެ މުހައްމަދު ޝައްފާފް ޝިހާބު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކޮލަމާފުށީގެ ޝައްފާފް ވަނީ އެ ޓީމަށް ވެސް ގޯލެއް ޖަހައިދީފަ އެވެ. ކޮލަމާފުށީގެ ލަނޑުތަކަށް ބަލާއިރު، ވިލިނގިލީގެ ޝަޒްމީން މުހައްމަދު ރާޝިދު އަތުން ވެސް ބައިކޮޅަށް ގޯލެއް ވަދެފައިވެ އެވެ. އެ ޓީމުން ދެން ގޯލެއް ޖެހީ ޖެހީ އާސިފް ހަނީފް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ކ. ދިއްފުށި - ކ. މާފުށި

16:00: ކ. ހިންމަފުށި - ކ. ގާފަރު

17:00: ކ. ގުޅި - ކ. ގުރައިދޫ

17:00: ކ. ތުލުސްދޫ - ކ. ކާށިދޫ

----------------------------------------

20:00: އއ. ސެމީ ފައިނަލް: އއ. ރަސްދޫ - އއ. މަތިވެރި

20:00: އއ. ސެމީ ފައިނަލް: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ

21:00: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ

21:00: އދ. މަހިބަދޫ - އދ. އޮމަަދޫ

22:00: ޅ. ހިންނަވަރު - ޅ. ނައިފަރު

22:00: ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި

23:00: ވ. ފުލިދޫ - ވ. ކެޔޮދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox