ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ހަތަރު ވަނަ ބައި)

ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ހަތަރު ވަނަ ބައި)

ތިން ވަނަ ބަޔަކާ ގުޅޭ

މިހާރު ބޮޑު އަލީ ކަންތައް ހުންނަގޮތުން ރަސްގެފާނު ވަރަށް ބިރުފުޅު ގަނެއެވެ. އެހެންވެ އަންނަ ހަފުތާ ހޮނިހިރު ދުވަހުގައި، ހުޅުލޭ ފުއްޓަރުގައި އޮންނަ އެއްފަތް ކަހަނބު ނެގުމުގެ ވާހަކަ ރަސްގެފާނު އަލީ ގާތުގައި ދެއްކެވި އެވެ. ހުޅުލޭ ފުއްޓަރުގައި ވަރަށް ރީތި އެއްފަތް ކަހަނބެއް ނަގާފައި އޮންނަ ވާހަކަ އާއި އެ ކަހަނބުގެ ބޮޑުކަމުން އެކަކަށް ވެސް އެސޮރު އަތުލައި ނުގަނެވުން ވާހަކަ ރަސްގެފާނު އަލީ ގާތުގައި ދެއްކެވި އެވެ. ރަސްގެފާނުގެ ވާހަކަ ނިމުމުން ޖެހިލުމަކާއި ނުލައި އަލީ ދެންނެވިއެވެ. މާތް ސާހިބާއެވެ! ތިޔަ ކަހަނބު ނެގޭނީ ކަހަނބު ނަގަން ދިޔައިމާ ނޫންތޯ އެވެ. ވާހަކަ ދެއްކިޔަކަސް ކަހަނބެއް ނުނެގޭނެއޭ އަލީ ދެންނެވިއެވެ.

ޖެހިގެން އައީ ހޮނިހިރު ދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު ރަސްގެފާނު ފަލިޖަހާ ދޯނިކޮޅު ތައްޔާރު ކުރައްވާން ވިދާޅު ބަސްފުޅު އިއްވެވި އެވެ. އެއީ އެއްފަތް ކަހަނބު ނެގުމަށްޓަކައި އަލީ ގޮވައިގެން ވަޑައިގަންނަވަން ވެގެންނެވެ. މި ވިދާޅު ބަސްފުޅާ މާފަތް ތަކުރުފާނު ނިކުމެ ކަލާސީން ލައްވާ އޮޑިކޮޅު ތައްޔާރު ކުރެއްވި އެވެ. ސަތަރިކޮޅު އަޅާ ފަލިތައް ބާލާ، ތުނޑުކުނާކޮޅު އަޅާފައި، އައިސް ރަސްގެފާނަށް ދަންނަވައިފި އެވެ.

Advertisement

ހުޅުލޭ ފުއްޓަރަށް ހިނގާއްޖެ އެވެ. ފުއްޓަރަށް ދިޔުމަށްފަހު މާ ގިނައިރެއް ނުވަނީސް ކަހަނބު ފެނިއްޖެ އެވެ. ކަހަނބު އެއިރު އޮތީ ބުރަކަށި ހިއްކައިގެން ފެންމަތީގަ އެވެ. ފަލިޖަހާ ދޯނީގެ ކުދީންނަށް ފެނުނު ކަހަނބު ރަސްގެފާނަށް ދައްކައިފި އެވެ. މިއީ ވަރަށް ވެސް ބޮޑު ބިޔަ ކަހަނބެކެވެ. ކަހަނބުގެ ފުޅާ މިނުގަިއވެސް ހަތަރު ވަރަކަށް ފޫޓު ހުންނަވަރުގެ ބިޔަ ކަހަނބެކެވެ. ކުޑައިރުކޮޅަކުން ފަލިޖަހާ ދޯނި މަޑުމަޑުން ކަހަނބާ ކައިރި ކުރި އެވެ. ރަސްގެފާނު އަލީއަށް ކަހަނބު ދައްކާލި އެވެ. އެއޮތީއެވެ. އެސޮރު އަލީއަށް ހިފި ދާނެ ހެއްޔެވެ؟ އަލީ މޮޅީ ވިއްޔާ އެކަހަނބު އަތުލައި ދޭށެވެ.

ކަހަނބަށް ހިލަމެއް ނުވާ ވަރަށް، ވަރަށް މަޑުން ފަލި ޖަހައިފައި، ފަލި ޖަހާ ދޯނި ކަހަނބު ކައިރިއަށް ހިނގައްޖެ އެވެ. ކަހަނބާއި ދޯނި ކައިރި ވީއިރަށް ކަހަނބު މައްޗަށް އަލީ ފުންމާލާ ކަހަނބު ހިފައިފި އެވެ. މިގޮތުން އަލީ ކަންތައްތައް ކުރި ފަހުން ކަހަނބަށް ސިހުން ވެއްޖެ އެވެ. އަލީ ކަހަނބުގައި ހިފަހައްޓައިގެން އޮއްވާ އަލީ ގޮވައިގެން ކަހަނބު އަޑިއަށް ހިނގައްޖެ އެވެ. މިފަހަރު ދެން އަލީއަކަށް ސަލާމަތެއް ނެތެވެ. އެއީ ކަހަނބާ ވެލަޔަކީ ވަރަށް ނޭވާ ދިގު އެއްޗެއްކެވެ. އެހެން ކަމާއިއެކު ކަހަނބާ ވެލަޔަށް ސިހުން ލިބުނީމާ އެވެރިން އަޑިޔަށް ގޮސް ގާގަލުގެ ހިމާޔަތުގައި ނުވަތަ ހޮހޮޅަ ހޮހޮޅައިގެ ހިމާޔަތް ހޯދައިގެން އަޑީ ބަނޑު ޖަހާނީ އެވެ. ދެން ނޭވާ ލާން މައްޗަށް އަރާނީ ވަރަށް ގިނަ އިރުންނެވެ. އެހާ އިރުވާއިރު އިންސާނަކަށް ނޭވާ ނުލާ އަޑިޔަކު ނޯވެވޭނެ އެވެ. އެމީހަކު އަޑީ އޮވެ ހާސްވެ މަރުވެދާނެ އެވެ.

އަލީ ކަހަނބުގައި ހިފީ ކަރުވަޅަށް އަތްލާފައެވެ. އެވަގުތު އޭތި ކަރުކުރުކޮށްލުމުން އަތް އިންނާނީ ކަހަނބުގެ ކަރުވަޅުގައި ތާށިވެފައެވެ. ދެން ވަރަށް އުނދަގުލުން ނޫނީ އަދި ވަރަށް މަދު ފަހަރެއްގައި މެނުވީ އަތް ނުނެއްޓޭނެއެވެ. ކަހަނބު ނެގުމަށް ދިޔަ ފަލިޖަހާ ދޯނީގައި ހުންނެވި ރަސްގެފާނު ހުންނެވީ ވަރަށް ރަނގަޅަށް މިކަން ވީގޮތް ބައްލަވާށެވެ. ހަމަ އެހެންމެ އެ ދޯނީގައި ދެން ތިބި އެހެން ކުދީންވެސް ތިބީ މިކަންތައް ވީގޮތް ބަލާށެވެ.

އަލީ ފުންމާލުމާއި، ކަހަނބު އަޑިޔަށް ދިޔުންވީ އެއްވަގުތަކަށެވެ. އެވަގުތު އެތާގައި އުފެދުނު ރާޅު ބާނީގެ ފޮނުގަނޑު ހެދި ނިމުނު އިރު ކަހަނބެއް އަލީއެއް ފެންނާކަށް ނެތެވެ. އެހެންކަމުން އެތާ ކައިރީ އަޑިން އަލީ ފެނޭތޯ ކުޑަ އިރުކޮޅަކު ބެލިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަލީއެއް ކަހަނބެއް ނުފެނުނެވެ. ފަލި ޖަހާ ދޯނި ކުދީންނަށް ރަސްގެފާނު ވިދާޅުވިއެވެ. އޭ ކުދީންނެވެ. ދެން ކުރާނެ ކަމެއް ނެތެވެ. މަގޭ ރަހުމަތްތެރި އަލީއެއް ނުފެނުނެވެ. މިތާގައި ތިބެގެން ކިތަންމެ ވަރަކަށް ހޯދިޔަސް ދެން އަލީއެއް ނުފެންނާނެއެވެ. އަލީގެ ދުވަސް އެދިޔައީއެވެ. ދެން އަވަހަށް މާލެއަށް ދާން ހިނގާށެވެ.

ރަސްގެފާނު މިހެން ވިދާޅުވުމުން ފަލި ޖަހާ ދޯނި ވަރަށް ބާރަށް މާލެ ދިޔައެވެ. ދޯނި މާލެޔަށް ދިޔުމުން ރަސްގެފާނު ގަނޑުވަރަށް ވަޑައިގެން ދަރުބާރު ކުރައްވާ އަލީ އާއި މެދު ކަންތައް ހިނގައިދިޔަ ގޮތް ދަރުބާރަށް ވިދާޅުވެދެއްވިއެވެ. ހުޅުލޭ ފުއްޓަރުގައި ނަގާފައި އޮންނަ އެއްފަތް ކަހަނބު ނަގަން އަލީ ފުންމާލީ ވަރަށް އުއްމީދާ އެކުގައިއެވެ. ފަލިޖަހާ ދޯނި ކަހަނބާ ގާތްވި ވަގުތު ވަރަށް ހުށިޔާރު ކަމާއި އެކު އަލީ ކަހަނބަށް ފުންމާލާ ކަހަނބުގެ ކަރުވަޅަށް އެއް އަތުން އަތްމަހާލިއެވެ. އަނެއް އަތުން ކަހަނބުގެ ފަހަތުކޮޅުގައި ހިފަހައްޓާލިއެވެ. ކަހަނބަށް ލިބުނު ކުއްލި ޝޮކުގައި ކަރު ފިއްތާލުމަށްފަހު އަލީ ގޮވައިގެން އަޑިޔަށް ދިޔައީއެވެ.

ކުޑަ ތަންކޮޅަކަށް ދިޔައިރަށް ކަހަނބު ދާނެ ގޮތް އަލީ ވިސްނާލިއެވެ. ވީމާ އަލީގެ ނޭވާ ހާސްވުމުގެ ކުރިން ސަލާމަތް ވާނޭ ގޮތެއްވޭތޯ މަސައްކަތް ފެށިއެވެ. އަލީގެ ފައި ކުރުކޮށްފައި ކަހަނބުގެ ފަހަތު ފުލުރޮށި (ފަހަތުކޮޅު ކޮޅުފަތްގަނޑު) މަތީ ވަރަށް ބާރަށް ފައިން ޖަހައިފިއެވެ. އެވަގުތު ކަހަނބުގެ ފޫކޮޅު އަޑިޔަށް ދިޔުމުން ބޯކޮޅު މައްޗަށް ޖެހިއެވެ. ކަހަނބު ދާން ބޭނުންވާ މިސްރާބު ބަދަލުވެއްޖެއެވެ. މިހާރު ކަހަނބުގެ މިސްރާބު ހުރީ ހުޅުލޭ ފުއްޓަރުން ފަޅު މައްޗަށެވެ. ވަރަށް ހަލުވިކޮށް އަލީ ގޮވައިގެން ކަހަނބު ދަތުރު ކުރެއެވެ. މިސޮރުވެސް ބޭނުންވަނީ މަރުން ސަލާމަތްވާށެވެ. ދާދި ކުޑަކުޑަ ވަގުތުކޮޅަކުން ފެންމައްޗަށް އަރާ ކަހަނބު ނޭވާލިއެވެ. އެވަގުތު އަލީވެސް ނޭވާލިއެވެ.

އަލީ ވަރަށް ހުށިޔާރެވެ. ކަހަނބުގެ ފަހަތުގައި ވިއްދާފަ އިން ފަޔަށް ގުޑުމެއްވެސް ނާރުވައެވެ. ކަނާއަތް އިނީ ކަހަނބުގެ ކަރުވަޅު ތެރޭ ހިފަހައްޓާފައެވެ. ނަމަވެސް އަތް އިނީ ތާށިވެފައެވެ. އަލީ މިކުރި ހިއްވަރުން ކަހަނބަކަށް ބޯކޮޅު އަޑިޔަކަށް ނުޖެހުނެވެ. އެހެންކަމުން ފެންމަތީން ލައިފާ ހުޅުލޭ ފުއްޓަރު ގިރާކޮށް ފަޅުމައްޗަށް އެރިއެވެ. އެވަގުތު އަލީ ފަޅުމަތީން ބިމުގައި ފައި ޖެހުނެވެ. އަލީ އަކީވެސް ވަރުގަދަ ބިޔަ މީހަކަށްވެފައި އަދި ވިސްނުން ތޫނު ނޭވާ ދިގު މީހަކަށްވީތީ ސަލާމަތްވިއެވެ. މިހާރު އަލީ ކަހަނބު މަތަ ކޮށްފިއެވެ. ކަހަނބުގެ ކުއްލި ވަރު ކެނޑި ބަލިވާ ގޮތްވެއްޖެއެވެ. އަލީ އިތުރު ވިސްނުމެއް ބޭނުންކުރިއެވެ. ފައިޖެހުން މުރަކަ ގަނޑުން ދިގު މުރަކަ ފައެއް ބިންދާލިއެވެ. ދަނޑިވަޅު ބަލަން ހުރެފާ ކުއްލި ގޮތަކަށް ކަހަނބުގެ ލޮލަށް މުރަކަ ފައި ހަރާލިއެވެ.

މިވަގުތު ކަހަނބު ވަރަށް ބާރަށް ތެޅިފޮޅި ގަތެވެ. އަލީ ވަރަށް އުނދަގުލާއި އެކު ކަހަނބު މަތަ ކުރިއެވެ. މިހާރު ކަހަނބުގެ އެއްލޮލުން ލޭ ފައިބައެވެ. ކަހަނބުގެ ވަރު ދެރަވެއްޖެއެވެ. އަލީ ވެސް ލޮޑުވެއްޖެއެވެ. ނަމަވެސް ހިއްވަރުކޮށްފައި ހުޅުލޭގެ ގޮނޑުދޮށަށް ކަހަނބުގެ މިސްރާބު އަމާޒުކުރި އެވެ. (ނުނިމޭ)

ތިން ވަނަ ބައި

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox