މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބާކީ އޮތް ހަތަރު އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ޑިޖިޓަލީ އެންމެ ކުރިއަރާފައި އޮތް ގައުމުތަކުގެ ތެރޭގައި ހިމެނޭ، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭހެން އެމަނިކުފާނުގެ ދައުރުގައި އޮތް ބާކީ އަހަރުތަކުގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ބޭނުންވާ ގޮތަށް ޑިޖިޓަލްކޮށް ނިމޭނެ ކަމަށެވެ.

"ކުރިއަށް އޮތް ތާގައި މި އަހަރު ތެރޭގައި ހާއްސަ ގޮތެއްގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް، ޕަބްލިކް ސާވިސްގެ ހުރިހާ ހިދުމަތްތަކެއް، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ހަމަ އެއްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން ހަތަރު އަހަރު ތެރޭގައި އަޅުގަނޑުމެން ހަމަ ބޭނުންވާ ގޮތަށް ބަދަލު ކުރާނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލް މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި ސަރުކާރު މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ބަދަލެއް އަންނައިރު އެކަމުގައި ދެކޮޅުވެރިކަމެއް އޮންނާނެ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ކަމެއް ގޮތުގައި ބަލައިގަތުމުން ކާމިޔާބުވާނެ ކަމަށެވެ.

"އަދި އަޅުގަނޑަށް ޔަގީން އެކަމުގައި ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ. ހަގީގަތުގައި އެއީ މިކަމުގައި އެންމެ މުހިންމު ތަންކޮޅަކީ ހަގީގަތުގައި އެނގޭތޯ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން. ރައީސް ވިދާޅުވި އެވެ.

"މިކަމުގައި ކޮންމެއަކަސް ބަދަލެއް އަންނައިރުގައި އެ ޗޭންޖް އެއީ ނެޗުރަލީ އޮންނަ ރެސިސްޓަންސެއް ޗޭންޖަށް ރެސިސްޓަންސް އަންނާނެ. އެކަމަކު މި ޕޮޒިޓިވް ޗޭންޖެއްވީމަ އެކަމުގައި އެކަން ބަލައިގަތުން އެއީ ހަމަ މިކަމުގައި އެންމެ ކާމިޔާބު ކަމަކަށްވާނީ."

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތް ޕޭޕާ ބޭސްޑް އާކައިވްތައް ޑިޖިޓަލް އާކައިވަކަށް ހެދުމަށް ބޭނުންވާ ކަމަށައި ޑިޖިޓަލް ދާއިރާއިން ރާއްޖޭގެ އިގްތިސާދު ވެސް ފުޅާ ކުރަން ބެނުންވާ ކަމަށެވެ.

މިގޮތުން 2030 ގެ ނިޔަަލަށް ރާއްޖެ ތަރައްގީ ކުރަމުން ގޮސް، އެންމެ މަދުވެގެން ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީ ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2040 ގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ޑިޖިޓަލައިޒް ކުރުން ވަރަށް އިސް ރޯލެއް އަދާ ކުރާނެ ކަމަށެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމު ޑިޖީޓަލައިޒް ކުރަން ހާސިލު ކުރި މަސައްކަތްތަކުގެ އިތުރުން ގޮންޖެހުންތަކުން އަރައިގަތް ގޮތް ދެނެގަނެވުނު ކަމަށާއި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް އެ ގައުމުން އެހީތެރިވާނެ އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox