ގޯލްޑަން ފުޓްސަލް ޗެލެންޖު: ނ. އަތޮޅުގެ ފުރަތަމަ މޮޅު ހޮޅުދޫ އަށް، ވ. އަތޮޅުން ފެލިދޫ ފެށީ ވަރުގަދަކޮށް

Jan 17, 2025, 4:20 AM
ހޮޅުދޫ ޓީމުގެ ވަދޫދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ހޮޅުދޫ ޓީމުގެ ވަދޫދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި، ނ އަތޮޅުގެ ފުރަތަމަ މޮޅު ވެލިދޫ އަތުން މޮޅުވެ، ހޮޅުދޫން އަތޮޅުގެ ފުރަތަމަ މޮޅު ހޯދިއިރު، ވ. އަތޮޅުން ފުލިދޫގެ މައްޗަށް ކުރިހޯދައި ފެލިދޫން ވަރުގަދަކޮށް ފަށައިފި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނ. އަތޮޅުން ވާދަކުރަނީ އެންމެ ތިން ޓީމެވެ. އެއީ ވެލިދޫ އާއި ހޮޅުދޫގެ އިތުރުން، މިލަދޫ އެވެ.

ރޭ ކުޅުނު މެޗުގައި، ހޮޅުދޫން ވަނީ ފަސޭހަކަމާ އެކު ވެލިދޫގެ މައްޗަށް، 4-1 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ހޮޅުދޫން ޖެހި ހަތަރު ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ، އަބްދުލް ވަދޫދު އެވެ. ވެލިދޫގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްފައިވަނީ، އަބްދުﷲ އިބްރާހިމް އެވެ.

މި ނަތީޖާއާ އެކު، ހޮޅުދޫން ވަނީ އަތޮޅު ފައިނަލުގެ އުންމީދު ބޮޑުކޮށްފަ އެވެ.

ފެލިދޫ ޓީމަށް ރޭގެ މެޗުގައި ފައިޒާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވ. އަތޮޅު ބުރުގައި މި ފަހަރު ތިން ޓީމެއް ވާދަކުރެ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ފުލިދޫ އަތުން 1-0 އިން ފެލިދޫ މޮޅުވިއިރު، ދެން މި އަތޮޅުން ކުޅެނީ، ކެޔޮދޫ އެވެ.

ރޭ ފެލިދޫން ފުލިދޫގެ މައްޗަށް ކުރިހޯދިއިރު، މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މުހައްމަދު ފައިޒާން ފަޒީން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ބ. އޭދަފުށި - ބ. ތުޅާދޫ

17:00: ދ. ބަނޑިދޫ - ދ. މާއެނބޫދޫ

----------------------------------------

20:00: ހއ. ކެލާ - ހއ. ހޯރަފުށި

20:00: ހއ. ފިއްލަދޫ - ހއ. ބާރަށް

21:00: ހއ. އުތީމު - މުރައިދޫ

21:00: ހއ. އިހަވަންދޫ - ހއ. ދިއްދޫ

22:00: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު

22:00: ހދ. ފިނޭ - ހދ. މަކުނުދޫ

23:00: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ

23:00: ހދ. ނޮޅިވަރަން - ހދ. ކުމުންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox