ޔޫކްރެއިނަށް ތާއީދު ކުރި ނަމަވެސް އެއްވެސް ގައުމަކާ ހަތުރުވެރިކަމެއް ނެތް ކަމަށް ހާރިޖީ ވަޒީރު ވިދާޅުވެއްޖެ

Jan 16, 2025, 10:39 AM
ހާރިޖީ ވަޒީރު ހަލީލު: ވިދާޅުވީ ރާއްޖޭގެ ސިޔާސަތު ބަދަލުނުވާ ކަމަށް -- ފޮޓޯ: ފައިލް

ހާރިޖީ ވަޒީރު ހަލީލު: ވިދާޅުވީ ރާއްޖޭގެ ސިޔާސަތު ބަދަލުނުވާ ކަމަށް -- ފޮޓޯ: ފައިލް

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ވަކި ކޮޅެއް ނުނަގާ އޮތުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ޔޫކްރެއިނަށް ތާއީދު ކުރާ ކަމަށް އެސްޓޯނިއާއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ގައުމަކާ ހަތުރުވެރިކަމެއް ނެތް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޔޫކްރެއިނަށް ތާއީދު ކުރާނެކަން އެނގުނީ ރައީސް މުއިއްޒު އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްލޯރީ ހުސާރްއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، ޔޫކްރެއިނަށް ތާއީދު ކުރައްވާނެ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް އޭނާ ވިދާޅުވުމުންނެވެ.

އެއާއެކު، ރަޝިޔާ-ޔޫކްރެއިން މައްސަލައިގައި ރާއްޖެއިން ގެންގުޅުނު ވަކި ކޮޅަކަށް ނުޖެހުމުގެ ސިޔާސަތު ބަދަލުކޮށްފައިވާތީ އެކަމަށް ފާޑުކިޔުން އަމާޒުވި އެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ހަލީލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސަތު ބަދަލުނުވާ ކަމަށެވެ.

Advertisement

"ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވޭ. އދ. ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ. ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" އޭނާ ވިދާޅުވި އެވެ.

ހަލީލު އިތުރަށް ވިދާޅުވީ ރާއްޖެއިން ގެންގުޅޭނީ އެއްވެސް ގައުމަކާ ހަތުރުވެރިކަން ނެތް ހާރިޖީ ސިޔާސަތެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ގައުމަކާއެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް،" އޭނާ ވިދާޅުވި އެވެ.

ރަޝިޔާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. ޔޫކްރެއިން ހަނގުރާމައަށްފަހު ރަޝިޔާގެ ބިލިއަނަރުންގެ ބައެއް މުދާތައް ވެސް ރާއްޖެ ގެނެ އެވެ. އޭގެ ތެރޭގައި ބޮޑު ލަގްޒަރީ ޔޮޓުތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox