"އަދަދު" ނޫހަކީ ގާނޫނީ ޝަހުސެއްކަން ކަށަވަރުނުވާ ކަމަށް ބުނެ އާރުޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހުން ދެކޮޅު ހަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނުގެ އޮފީހުން ވަނީ އާރުޓީއައި ތަކަށް ޖަވާބުނުދޭން އާ އުޒުރެއް ދައްކާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނުގެ އޮފީހުން ވަނީ އާރުޓީއައި ތަކަށް ޖަވާބުނުދޭން އާ އުޒުރެއް ދައްކާފަ --- ފޮޓޯ: ރައީސް އޮފީސް

"އަދަދު" ނޫހަކީ ގާނޫނީ ޝަހުސެއްކަން ކަށަވަރުނުވާ ކަމަށް ބުނެ މައުލޫމާތު ހޯދަން މި ނޫހުން ހުށަހަޅާ އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބު ދޭން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

އޮކްޓޯބަރު، 2024، ގައި ހުށަހެޅި އާރުޓީއައި އަކަށް ޖަވާބު ނުދޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމެއްގައި ރައީސް އޮފީހުގެ ފަރާތުން ބައިވެރިވި، ލީގަލް އޮފިސަރު ޖުވެއިދާ ވިދާޅުވީ އަދަދު ނޫހުން ހުށަހަޅާ ރިކުއެސްޓުތަކަށް ޖަވާބުދިނުން ގާނޫނީ ގޮތުން ލާޒިމުނުވާ ކަމަށެވެ.

މައުލޫމާތަށް އެދި ހުށަހެޅޭނީ "މީހަކަށް" ކަމަށް ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މީހަކީ ތަބީއީ ޝަހުސެއް ނުވަތަ ގާނޫނީ ޝަހުސެއްކަން ގާނޫނުގައި މާނަކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަދަދު އޮންލައިން މިއީ މި މާނައަށް ފެތޭ ނަމެއް ނޫންކަން. އެހެންވެގެން އިނގޭތޯ [ޖަވާބެއް ދީފަ ނުވަނީ]،" ޖުވެއިދާ ވިދާޅުވި އެވެ.

އެކަން މި ނޫހަށް އެންގިތޯ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެހުމުން، ރައީސް އޮފީހުގެ އޮފިޝަލުން ވަނީ މިހާތަނަށް އެކަން އަންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.

އަޑުއެހުމުގައި މި ނޫހުން ވާނީ މީގެކުރިން ވެސް އަދި މި ހުށަހެޅުމަށްފަހު ވެސް ރައީސް އޮފީހުން މި ނޫހުގެ ނަމުގައި ހުށަހެޅި އެކި އާރުޓީއައި ތަކަށް ޖަވާބުދީފައިވާ ކަން ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، މައުލޫމާތު ހޯދަން އެދޭ ފަރާތަކުން ގާނޫނުގައި ބުނާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާނަމަ އެ ފަރާތަކަށް މައުލޫމާތު ނުދޭން ނިންމޭނީ އުނިވާ މައުލޫމާތެއް ދިނުމަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

"އަދަދު އޮންލައިން އިން ހުށަހެޅި ހުށަހެޅުމުގައި އެ ފަރާތާ ގުޅޭނެ ނަމްބަރަކާއި އެ ފަރާތުގެ އެޑްރެހާއި ހުރިކަމުގައި ވަންޏާ ގާނޫނުގަ ބުނާ މިންވަރަށް މިއޮތީ މައުލޫމާތު ފޯރުކޮށްދެވިފަ ކަމަށް ބެލެވޭނެ،" އާހިދު ވިދާޅުވި އެވެ.

"އެކަމުގަ އަމަލުކުރަން ޖެހޭނެ ގޮތަކީ އަދަދު އޮންލައިންއާ ގުޅޭނެ ގޮތެއް އަދި އަދަދު އޮންލައިން އަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް އެނގެން އޮތް ކަމަށް ވަންޏާ އެ މައުލޫމާތެއް ފޯރުކޮށްދެއްވަން ވާނެ،" އޭނާ ވިދާޅުވި އެވެ.

މި ނޫހުން ވާނީ ގާނޫނުގައި ބުނާ ހުރިހާ މައުލޫމާތެއް މަހޯލި ޕޯޓަލް ގައި ފޯރުކޮށްދީފަ އެވެ. ރައީސް އޮފީހުން އެކަމާ ގުޅިގެން ސުވާލު އުފައްދާފައެއް ވެސް ނުވެ އެވެ.

މި މައްސަލާގައި ރައީސް އޮފީހުން ވަނީ އައިކޮމްގެ ރައުޔަކަށް ވެސް އެދިފަ އެވެ. މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަހެއް ނެތް ކަމަށް ބުނެ އައިކޮމް އިން ރައީސް އޮފީހަށް ޖަވާބެއް ދީފައިވާނެ ކަމަށް އާހިދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

އައިކޮމްގެ އަޑުއެހުން ނިންމާލީ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރައީސް އޮފީހުން މި ނޫހަށް ހުށަހެޅުމުގައި އެދިފައިވާ ޖަވާބު ދޭން އެންގުމަށްފަހު އެވެ. މި ނިންމުމާ ގުޅިގެން މިހާތަނަށް ރައީސް އޮފީހުން މި ނޫހާ އެއްވެސް ވަރަކަށް މުއާމަލާތް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox