ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނަރުދޫގެ ފުރަތަަމަ ފެނިލުން ވެސް ރަނގަޅު ޓްރެކުގައި

Jan 16, 2025, 8:21 AM
ނަރުދޫގެ ކެޕްޓަން، ނާއިޒު (ކ) ގޮއިދޫގެ އަހުސާމް އަތުން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނަރުދޫގެ ކެޕްޓަން، ނާއިޒު (ކ) ގޮއިދޫގެ އަހުސާމް އަތުން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވެސް މުޅިން އަލަށް ރަށްތަކުން އަންނަނީ ވާދަކުރަމުންނެވެ. އެ ގޮތުން، ފުރަތަމަ ފަަހަރަށް ވާދަކުރާ އެއް ޓީމަކީ، ށ. އަތޮޅުން ވާދަކުރަމުން އަންނަ ނަރުދޫ އެވެ. ރާއްޖޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ސްޓޭޖުގައި، ނަރުދޫން ވަނީ އަތޮޅު ބުރުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ރޭ ނަރުދޫން ކުޅުނު ށ. ގްރޫޕް ބީގެ މެޗުން ގޮއިދޫއާ 2-2 އިން އެއްވަރުވިއިރު، އެ ޓީމަށް ސެމީ ފައިނަލުގެ ފުރުސަތު ލިބުނީ ގްރޫޕް ދެ ވަނައިގަ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަަނަ ލިބުނީ، ޅައިމަގު އަތުން 7-1 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެން، ނިންމާލި ބިލެއްފަހި އެވެ. ދެ ވަނަ ހޯދި ނަރުދޫ އާއި ތިން ވަނަ ހޯދި ގޮއިދޫ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ނަރުދޫން ކުރިހޯދީ ލަނޑުގެ ތަފާތުންނެވެ. ފުލަށް ދިޔަ ޅައިމަގަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.

ރޭގެ މެޗުގައި، ގޮއިދޫގެ މުހައްމަދު އަހުސާމްގެ ގޯލުން އެ ޓީމުން ލީޑުނަގާފައިވަނިކޮށް ނަރުދޫން ނަތީޖާ އަނބުރާލީ އަމާން އަހުމަދު އާއި ޓީމުގެ ކެޕްޓަން، މުހައްމަދު ނާއިޒު ޖެހި ގޯލުންނެވެ. އަދި މެޗުގެ ފަހުކޮޅުގައި އަހުސާމް ވަނީ ގޯލެއް ޖަހައި ގޮއިދޫ އަށް އެއްވަރުކޮށްދީފަ އެވެ.

"ފުރަތަމަ ގޯލްޑަންގައި ބައިވެރިވެގެން މި މެޗަށް އައިއިރު އިނީ ޑްރޯ ކޮށްލައިގެން އަހަރެމެންނަށް ދެވޭ ގޮތަށް. ނުކުތީ އަސްލު މޮޅަކަށް، ދެން، ފަހު ވަގުތު ވަން ގޯލަކުން ޑްރޯ ވެގެން ނިމުނީ، ދެން، އަލަށް ގޯލްޑަންގައި ކުޅުނު އަހަރު ސެމީ އަށް މި ދެވުނީ، އަލްހަމްދުލިއްލާހި އެކަމަށް. ސެމީ އަށް ދާން މިއަދުގެ މެޗަށް ނުކުތީ ހަަމަ،" ނަރުދޫގެ ކެޕްޓަން، ނާއިޒު، "އަަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

"އަނެއްހެން އަލަށް މި ނުކުތީ ފުދޭވަރަކަށް އާ ކޮށް މި ދަނީ ގޯލްޑަން، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތުގައި، އަނެއްހެން މި އޮތް ސްކޮޑާ ބަލައި ރަނގަޅަށް ހަމަ ޕްރެކްޓިސް ވެސް، އެކި ތަންތަނުން، ރަށުންނާއި ރިސޯޓުން ކުދިންތައް މާލެ ގެނެސްގެން، ކުޑަކޮށް ބައެއް ކަންތައްތަކުގައި ދަތި ހުރޭ އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ،"

ނަރުދޫ އަކީ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަލަށް ވާދަކޮށް ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ. ފުރަތަމަ މެޗުގައި ޅައިމަގު އަތުން 3-2 އިން މޮޅުވިިއިރު، ދެ ވަަނަ މެޗުގައި ބިލެއްފަހި އަތުން ބަލިވީ 3-2 އިންނެވެ.

ށ. އަތޮޅުގެ އެއް ސެމީ ފައިނަލުގައި، މިލަންދޫން ކުޅޭނީ ނަރުދޫއާ އެވެ. އަދި، އަނެއް ސެމީ ފައިނަލުގައި ބިލެއްފަހިން ކުޅޭނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކަނޑިތީމުއާ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox