ގޯލްޑަން ފުޓްސަލް ޗެލެންޖް: ށ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަ ނަރުދޫ އަށް

Jan 16, 2025, 3:59 AM
ނަރުދޫ އާއި ގޮއިދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ނަރުދޫ އާއި ގޮއިދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ށ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަ މުޅިން އަލަށް ވާދަކުރާ ނަރުދޫން ހޯދައިފި އެެވެ.

ރޭ ނަރުދޫން ކުޅުނު ށ. ގްރޫޕް ބީގެ މެޗުން ގޮއިދޫއާ 2-2 އިން އެއްވަރުވިއިރު، އެ ޓީމަށް ސެމީ ފައިނަލުގެ ފުރުސަތު ލިބުނީ ގްރޫޕް ދެ ވަނައިގަ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަަނަ ލިބުނީ، ޅައިމަގު އަތުން 7-1 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެން، ނިންމާލި ބިލެއްފަހި އެވެ. ދެ ވަނަ ހޯދި ނަރުދޫ އާއި ތިން ވަނަ ހޯދި ގޮއިދޫ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ނަރުދޫން ކުރިހޯދީ ލަނޑުގެ ތަފާތުންނެވެ. ފުިލަށް ދިޔަ ޅައިމަގަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.

ގޮއިދޫގެ މުހައްމަދު އަހުސާމްގެ ގޯލުން އެ ޓީމުން ލީޑުނަގާފައިވަނިކޮށް ނަރުދޫން ނަތީޖާ އަނބުރާލީ އަމާން އަހުމަދު އާއި މުހައްމަދު ނާއިޒު ޖެހި ގޯލުންނެވެ. އަދި މެޗުގެ ފަހުކޮޅުގައި އަހުސާމް ވަނީ ގޯލެއް ޖަހައި ގޮއިދޫ އަށް އެއްވަރުކޮށްދީފަ އެވެ.

ބިލެއްފަހި ޓީމުގެ އާދަމް ހަލީމް ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، ހަސަން ސުޖާއު، އަބްދުﷲ ހަމީދު، އިބްރާހިމް އައިމަން، އަލީ އިފުރާދު، އަދި އަހުމަދު އިބްރާހިމް އެވެ. އަދި ޅައިމަގުގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުލް ބާސިތު އަބްދުލް ގަނީ އެވެ.

ށ. އަތޮޅުގެ ގްރޫޕް އޭގައި، މިލަންދޫން ވަނީ 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. މިލަންދޫން ނުވަ ޕޮއިންޓް ހޯދިއިރު، ދެ ވަނަ ލިބުނު، ކަނޑިތީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ރަނަރަޕް، ފޭދޫން ކުޅުނު ފަހު މެޗުން ވަނީ 4-0 އިން މަރޮށި ބަލިކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ. މަރޮށިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މިލަންދޫގެ ލަނޑުތައް ރޭ ޖެހީ، އަހުމަދު ޝަނީ އާއި އިބްރާހިމް ޒާހީ އެވެ. އަދި ފޭދޫން ލަނޑުތައް ޖެހީ، އަހުމަދު ފާއިން މުހައްމަދު، މާއިލް މުހައްމަދު އަދި މާޒިލް މުހައްމަދު އެވެ.

ސެމީ ފައިނަލުގައި، މިލަންދޫން ކުޅޭނީ ނަރުދޫއާ އެވެ. އަދި ބިލެއްފަހިން ކުޅޭނީ ކަނޑިތީމުއާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ގދ. މަޑަވެލި - ގދ. ފަރެސްމާތޮޑާ

16:00: ގދ. ވާދޫ - ގދ. ގައްދޫ

17:00: ފ. ނިލަންދޫ - ފ. މަގޫދޫ

17:00: ފ. ފީއަަލި - ފ. ދަރަނބޫދޫ

----------------------------------------

20:00: ނ. ވެލިދޫ - ނ. ހޮޅުދޫ

20:00:

21:00: ސ. މަރަދޫފޭދޫ - ސ. ހުޅުދޫ

21:00: ސ. މަރަދޫ - ސ. މީދޫ

22:00: ވ. ފެލިދޫ - ވ. ފުލިދޫ

22:00: މ. މުލި - މ. ނާލާފުށި

23:00: މ. ވޭވަށް - މ. މަޑުއްވަރީ

23:00: މ. ދިއްގަރު - މ. މުލަކު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox