ތަހުގީގު ކުރާތާ އަހަރެއް ފަހުން ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް: ތަހުގީގު ކުރާތާ އަހަރެއް ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް: ތަހުގީގު ކުރާތާ އަހަރެއް ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާތާ އަހަރެއް ފަހުން އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ސްޓެލްކޯގެ މައްސަލަތަކާ ގުޅިގެން ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ސަމާ ދީފައެއް ނުވެ އެވެ.

"ޕާސްޕޯޓް ހިފެހެއްޓީ އިއްޔެ. ކޮމިޝަނުން ތަހުގީގު ކުރާ ސްޓެލްކޯގެ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓީ. މިވަގުތު އިތުރު ތަފްސީލެއް ދެވޭކަށް ނެތް،" ސަމާ ވިދާޅުވި އެވެ.

މިދިޔަ އަހަރުން ފެށިގެން އޭސީސީން ދިޔައީ ސްޓެލްކޯގެ މައްސަލަތައް ބަލަމުންނެވެ. ނަމަވެސް އޭރު ވެސް އެއްވެސް ތަފްސީލެއް އޭސީސީން ދީފައެއް ނުވެ އެވެ.

އޭސީސީގައި ކޮރަޕްޝަނުގެ މައްސަލަތައް ފުނި ޖެހިފައިވާއިރު، އެ ކޮމިޝަނުން މައްސަލަތައް ބަލާ ގޮތުގެ އިންސާފުވެރިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox