ގޯލްޑަން ފުޓްސަލް ޗެލެންޖުން ރާއްޖޭގެ ފުޓްސަލްގެ ކުރިއެރުން ފެނޭ

Jan 15, 2025, 9:50 AM
ނައިވާދޫ މެޗެއްގެ ތެރެއިން އައްޒާމް އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: ޓީމު ނައިވާދޫ

ނައިވާދޫ މެޗެއްގެ ތެރެއިން އައްޒާމް އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: ޓީމު ނައިވާދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް އިން ރާއްޖޭގައި ފުޓްސަލް ކުރިއަރަމުންދާ މިންވަރު ފެނިގެންދާ ކަމަށް ހދ. ނައިވާދޫގެ ކޯޗުކަމާ ހަވާލުވެހުރި، ރާއްޖޭގެ ފުޓްސަލްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، މުހައްމަދު އައްޒާމް ބުނެފި އެވެ.

އައްޒާމް ވަނީ މީގެ ކުރިން، އުފަން ރަށް، ނ. ކެނދިކުޅުދޫ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި މުބާރާތުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން އެ ޓީމަށް ދެ ފަހަރު ހޯދައިދޭން އައްޒާމް ވަނީ އެހީތެރިވެދީފަ އެވެ. އަދި ކޯޗިން އަށް ބަލާއިރު ވެސް އައްޒާމް ވަނީ ގޯލްޑަންގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފަ އެވެ. އެ ގޮތުން، 2022 ވަނަ އަހަރު ކ. ގާފަރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ދަތުރުކުރީ އައްޒާމްގެ ކޯޗުކަމުގަ އެވެ.

"(ގޯލްޑަން ފުޓްސަލް ޗެލެންޖުން ރާއްޖޭގެ ފުޓްސަލްގެ) އަސްލު އިމްޕްރޫވްމަންޓް ފެންނަމުން މިދަނީ، މި ޕްލެޓްފޯމަކީ ވަރަށް މުހިންމު ޕްލެޓްފޯމެއް އަސްލު، ރަށްރަށަށް ދެން، ރާއްޖެ ތެރޭ ރަށްރަށުގެ ކުޅުންތެރިންނަށް، ދެން، އޭތީގައި، ގޯލްޑަން އިން މި ކުރިއަށްގެންދާ މުބާރާތަށް އަސްލު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ވެސް ބޭނުން، އެއީ މީގަ ވަރަށް ބައިވަރު ކުދިންނަށް ލިބޭ އޮޕޮޗިއުނިޓީތަކެއް މީ، ވަރަށް ބޮޑަށް ކުރިއަރަމުންދާ ކަމަށް ލަފާކުރެވެނީ،" ގޯލްޑަން ފުޓްސަލް ޗެލެންޖާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް އައްޒާމް ބުންޏެވެ.

މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫއާ ހަވާލުވެ، އައްޒާމް އަންނަނީ ނިސްބަތުން ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޓީމުގެ ކުޅުމަށް ބަލާއިރު، މެޗުން މެޗަށް ކުރިއެރުން ވެސް ފެނެ އެވެ.

"(ފުރަތަަަމަ މެޗުގައި) ކުރިން މެޗުގައި އިނީ ތަންކޮޅެއް ދަށްކޮށް ޓީމު ފެށިފައި، މި މެޗު ތަންކޮޅެއް ރަނގަޅަށް ފަށާފައި އިނީމަ އެ ރަނގަޅުވީ. ޕްރެކްޓިސްތައް ކުރަމުން އައީ ފުދޭ ވަރަކަށް ރަނގަޅަށް، އަނެއްހެން ޓީމު ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން އައީމަ މި މެޗު އަސްލު ވަރަށް މުހިންމުވެފައި އިނީ ނަގަން، އެހެންވީމަ، ޓީމުގެ ކުޅުންތެރިންގެ މަސައްކަތަށް ވަރަށް ޝުކުރު އަދާކުރަން ބޭނުން،" 5-1 އިން ނޮޅިވަރަން އަތުން މޮޅުވި މެޗާ ބެހޭގޮތުން އައްޒާމް ބުންޏެވެ.

ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫއާ އެކު އައްޒާމްގެ ޓާގެޓަކީ ތަށްޓެވެ. އެކަމަކު، އޭނާ ވިސްނުން ބައްޓަންކުރަނީ މެޗުން މެޗަށް ކުރިއަށް ގޮސް މަންޒިލަށް ވާސިލްވުމަށެވެ.

"ޓާގެޓް އަސްލު އަނެއްހެން ބުނާނަމަ ތަށްޓަށް ކުރަނީ، އެކަމަކު، ވިސްނަނީ ކުރިއަށް އިން މެޗަށް، އެ މެޗު ނަގައިގެން ނޫނީ އަހަރެމެން ކުރިއަށްދާކަށް ނުވިސްނަން، އަބަދުވެސް ޕްރެޕެއާ ވަނީ އެ ގޮތަށް ބަލާފައި. މި ވިސްނަނީ ކުރިއަށް ހުރި މެޗުތައް ނަގައިގެން ހަމަ، އަތޮޅުތަށްޓާ އެކީ މި ބުރު ނިންމާލަން،" އައްޒާމް ބުންޏެވެ.

ނައިވާދޫން ދެން ކުޅޭ މެޗުގައި، ހުކުރު ދުވަހުގެރޭ ކުޅޭނީ ނެއްލައިދޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox