ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްފުށްޓަށް ރެކޯޑް މޮޅެއް، ގާފަރާއި މާފުށި އެއްވަރު

Jan 15, 2025, 5:20 AM
ލަނޑު ޖެހުމަށް ފަހު ދިއްފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ލަނޑު ޖެހުމަށް ފަހު ދިއްފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކ. އަތޮޅުގެ މެޗުތައް ފެށިގެންދިޔައިރު، ދިއްފުށިން 18-2 އިން ހިންމަފުށި ބަލިކޮށް މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިހާތަނަށް އެންމެ ބޮޑު މޮޅު ހޯދިއިރު، މާފުށްޓާއި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ގާފަރު ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗާ ހަމައަށް މި ފަހަރުގެ ގޯލްޑަންގެ އެންމެ ތަފާތު ބޮޑު ނަތީޖާ އަކީ، ގއ. ދެއްވަދޫން 14-1 އިން ކޮލަމާފުށި ބަލިކުރި މެޗެވެ. އެކަމަކު، މިހާރު ރެކޯޑް މޮޅު އޮތީ ދިއްފުށި އަތުގަ އެވެ.

ކ. އަތޮޅު ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ދިއްފުށީގެ ކެޕްޓަން، ޒައިން ޒަފަރު ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ދެން ގޯލުތައް ޖެހި، މުހައްމަދު ޝަމީމް އާއި އަހުމަދު ރިޒުވާން (ރިޒޭ)، ކޮންމެ ކުޅުންތެރިޔަކު ހެޓްރިކެއްގެ އިތުރުން އަހުމަދު މާޒިން ވެސް ދެ ގޯލު ޖެހިއެވެ. މީގެ އިތުރުން، ހިންމަފުށީގެ އަތުޝަން އިބްރާހިމް އަތުން ބައިކޮޅަށް ދެ ގޯލު އދި އިންހާލް އާސިމް އަތުން ބައިކޮޅަށް އެއް ގޯލު ވަންއިރު، ދިއްފުށީގެ އިބްރާހީމް މައިޝް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގައި، ހިންމަފުށިން މެޗުގައި ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ހުސައިން ނާފިޒް އެވެ.

ގާފަރަށް ލީޑުނަގައިދިނީ ރީބައުންސަކުން ލިބުނު ބޯޅައެއްގައި ޝަނާން ރަޝާދު އެވެ. އަދި މާފުށްޓަށް އެއްވަރުކޮށްދިނީ، އަހުމަދު ޝަމާލް އެވެ.

ކ. އަތޮޅު ގްރޫޕް ބީގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ގުޅިން ވަނީ 2-1 އިން ތުލުސްދޫ ބަލިކޮށްފަ އެވެ. އަދި ކާށިދޫ އާއި ގުރައިދޫ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގައި ގުޅީގެ ގޯލުތައް ޖެހީ ހުސައިން ފަހުދު އާއި މުހައްމަދު އަނޫފް އަހުމަދު އެވެ. ތުލުސްދޫގެ ހަމައެކަނި ގޯލު ޖެހީ އާދަމް އަޒްމީން އެވެ. ކާށިދޫގެ ކެޕްޓަން، އަބްދުﷲ ސުޒައިރު ދެ ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ފަހަތުން އަރައި ގުރައިދޫން އެއްވަރުކުރީ އަހުމަދު ރިފްޝާން އާއި މުހައްމަދު މުއްސަފް އިބްރާހީމް ޖެހި ލަނޑުތަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް

20:00: ށ. ކަނޑިތީމު - ށ. މިލަންދޫ

20:00: ށ. މަރޮށި - ށ. ފޭދޫ

21:00: ށ. ނަރުދޫ - ށ. ގޮއިދޫ

21:00: ށ. ބިލެއްފަހި - ށ. ޅައިމަގު

22:00: އއ. ތޮއްޑޫ - އއ. އުކުޅަސް

22:00: އއ. ހިމަންދޫ - އއ. މަތިވެރި

23:00: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ

23:00: އއ. ފެރިދޫ - އއ. މާޅޮސް

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox