އިނގިރޭސި ކްލަބްތަކަށް ނޫނެކޭ ބުނެ ކްވަރަޝްކޭލިއާ ޕީއެސްޖީ އަށް

Jan 14, 2025, 6:34 AM
އިނގިރޭސި ކްލަބްތަކަށް ނޫނެކޭ ބުނެ ކްވަރަޝްކޭލިއާ ޕީއެސްޖީ އަށް

ޕެރިސް (ޖެނުއަރީ 14) - އިނގިރޭސި ކްލަބްތައް ފާރަލަމުން ދިޔަ ނަޕޯލީ އަށް ކުޅޭ ޖޯޖިއާގެ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސާއި އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކްވަރަޝްކޭލިއާ ގަންނަން ޕީއެސްޖީން ހުށަހެޅި 80 މިލިއަން ޑޮލަރުގެ ބިޑަށް ނަޕޯލީން ވަނީ އެއްބަސްވެފަ އެެވެ. އަދި ޕީއެސްޖީން ހުށަހަޅަން ނިންމާފައިވާ ފަސް އަހަރުގެ ކޮންޓްރެކްޓަށް ވެސް ކްވަރަޝްކޭލިއާ އެއްބަސްވެފައިވާ ކަމަށްވެ އެވެ.

ކްވަރަޝްކޭލިއާ ހޯދަން މީގެ ކުރިން މެންޗެސްޓާ ސިޓީން މަސައްކަތްކުރިއިރު، މި ފަހަރު އެ ރޭހުގައި މަޝްވަރާކުރީ، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުންނެވެ. އެކަމަކު، އެ ދެ ޓީމުގެ ޕްރޮޕޯސަލަށް މާ ބޮޑަށް ނުވިސްނައި، ކްވަރަޝްކޭލިއާ ނިންމީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާ އެކު މަސައްކަތް ކުރުމަށެެވެ.

ޖޯޖިއާގެ ޑިނަމޯ ބަޓޫމީ ދޫކޮށް 10 މިލިއަން ޑޮލަރުގެ އަގަކަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ނަޕޯލީ އަށް ބަދަލުވި ކްވަރަޝްކޭލިއާގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، އޭގެ ޖެހިގެން އައި އަހަރު، ނަޕޯލީގެ ރައީސް އައުރޭލިއަން ޑީ ލައުރެންޓީސް ވިދާޅުވި 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ ކަމަށެވެ. އެކަމަކު، ނަޕޯލީން މި ފަހަރު ކްވްރަޝްކޭލިއާ އެ ދޫކޮށްލަނީ އޭނާ ކްލަބްގައި އެ ގޮތަށް އެދިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox