ޖިހާދުގެ މައްސަލަ ދަށު ކޯޓުގައި އަލުން ކުރިއަށް ގެންދަން ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު: އޭނާގެ މައްސަލަ ދަށު ކޯޓުގައި އަލުން ކުރިއަށް ގެންދަން ހައި ކޯޓުން ވަނީ އަމުރުކޮށްފައި

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު: އޭނާގެ މައްސަލަ ދަށު ކޯޓުގައި އަލުން ކުރިއަށް ގެންދަން ހައި ކޯޓުން ވަނީ އަމުރުކޮށްފައި

އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަ އެ ކޯޓުގައި އަލުން ކުރިއަށް ގެންދިޔުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ޖިހާދުގެ މައްޗަށް އުފުލި ދައުވާ ބާތިލު ކުރީ ތަހުގީގު ފެށި ސަބަބު ޖިހާދަށް އަންގާފައި ނުވުމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގެ ސައްހަކަން ކަށަވަރު ކޮށްފައިވާކަން އެނގެން ނެތުމުން ކަމަށް ބުނެ އެވެ. އެއީ ތަހުގީގަށް އޮތް އުނިކަމެއް ކަމަށާއި އެއީ ދައުވާ އުފުލުމުގައި އޮތް އުނި ކަމެއްކަން ކްރިމިނަލް ކޯޓުގެ ނިންމުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އެ ކަންކަމަކީ ދައުވާ އުފުލުމުގައިވާ އުނިކަމެއް ކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކޮން ގާނޫނީ އަސާސަކަށް ބުރަވެ ކަމެއް ދަށު ކޯޓުގެ ނިންމުމުގައި އެނގެން ނެތް ކަމަށެވެ.

މީގެ އިތުރުން ދަށު ކޯޓުން ޖިހާދުގެ ތަހުގީގުގެ ބަޔާނުގެ އޯޑިއޯ ރެކޯޑިއަށް ރިއާޔަތްކުރިނަމަ، އަލުން ތަހުގީގު ކުރަން ނިންމި ސަބަބު ޖިހާދަށް ބުނެދެވުނުކަން ދަށު ކޯޓަށް ސާފުވާނެ ކަމަށާއި ދަށު ކޯޓުން ނިންމި ނިންމުމަށް ބަލާއިރު އެ ރެކޯޑިންއަށް ރިއާޔަތްކުރެވުނުކަން އެނގެން ނެތްކަން ވެސް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި އެވެ.

ހައި ކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް މައްސަލަ ދަށު ކޯޓުން އަލުން ބަލަން އަމުރުކުރީ ފަނޑިޔާރު ހުސެއިން މަޖީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ.

އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިން ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.

އެހެންވެ ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ވެސް ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލި އެވެ. ނަމަވެސް މި ސަރުކާރުން ޖެނުއަރީ، 2024، ގައި ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox