ގޯލްޑަން ފުޓްސަލް ޗެލެންޖް އަކީ ރާއްޖޭގައި ބާއްވާ ކުރިއެރުން ފެންނަ އެންމެ ބޮޑު މުބާރާތް

Jan 13, 2025, 11:53 AM
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ހުޒޭ (ކ) އާއި އަހުއްކޮ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ހުޒޭ (ކ) އާއި އަހުއްކޮ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެެލެންޖަކީ ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އަހަރުން އަހަރަށް ކުރިއެރުން ފެންނަ އެންމެ ބޮޑު މުބާރާތް ކަމަށް ގއ. ދެއްވަދޫ ޓީމުގެ ތަރި، ހުޒައިފަތު ރަޝީދު (ހުޒޭ) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފުރަތަަމަ ޗެމްޕިއަނުން ކަމަށްވާ ބ. ހިތާދޫ ޓީމަށް އެ ފަހަރު ކުޅުނު ހުޒޭ ބުނެފައިވަނީ، ގޯލްޑަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި މި ފަހަރު ވެސް 100 އަށް ވުރެ ގިނަ ޓީމު ބައިވެރިވެފައިވާތީވެ، ގޯލްޑަން ފެންނަނީ އެންމެ ވަރުގަދަ މުބާރާތުގެ ގޮތުގައި ކަމަށެވެ.

"ގޯލްޑަން އަނެއްހެން ބުނަންޏާ 2015 ގައި ކަންނޭނގެ އަޅުގަނޑު ހަނދާން ވަނީ މި ފެށީ. ދެން، މިހާރު ބަލައިފިއްޔާމު ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް އައިސްފި. ރާއްޖޭގައި މި އަށް ވުރެ ބޮޑު މުބާރާތެއް ނުބާއްވާނެ ކަންނޭނގެ،" ހުޒޭ ބުންޏެވެ.

ހިތާދޫގެ އިތުރުން، މ. ދިއްގަރަށް ވެސް ކުޅެފައިވާ ހުޒޭގެ އިތުރުން މި ފަހަރު ދެއްވަދޫ ޓީމަށް ވަނީ އިތުރު ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެއީ، މުހައްމަދު އިމްރާން (އިންމި)، ޝިފާޒް އާދިލް (ތުއްތު)، މުހައްމަދު ޝަފީއު (ޗެކް) އެވެ. މި ކުޅުންތެރިންނާ އެކު، ވަރުގަދަ ޓީމެއް އެކުލަވާލައިގެން ނުކުމެ، ދެއްވަދޫން ވަނީ ކުޅުނު ދެ މެޗުން ވެސް ފަރަގު ބޮޑުކޮށް މޮޅުވެފަ އެެވެ.

ފުރަތަމަ މެޗުގައި ވިލިނގިލި އަތުން 6-1 އިން މޮޅުވިއިރު، ރޭ ކުޅުނު މެޗުން ވަނީ، 14-1 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ.

"މިދިޔަ އަހަރުއްސުރެން އެ މީހުން (ދެއްވަދޫން) ވަރަށް ބޮޑަށް ރެޑީވެފައި މި އިނީ ގޯލްޑަން އަށް. މި ފަހަރު ސީދާ ދެވެން އިން އެންމެ ދުރަށް ގޮސް ގޯލްޑަން ނަގަން މި ބޭނުންވަނީ. ވަރަށް ބޮޑަށް ދެއްވަދޫން މީނީ ރެޑީވެފައި،" ހުޒޭ ބުންޏެވެ.

ދެއްވަދޫން ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަަބަބުން ނުކުޅެވުނު ހުޒޭ ވަނީ ރޭގެ މެޗުގައި ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ފުރަތަމަ ދެ މެޗުން ހޯދި މޮޅާ އެކު، ދެއްވަދޫން ވަނީ ސެމީގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އަބްދުﷲ ހަނީފް (ބެންޖޯ)ގެ ކޯޗުކަމުގައި ކުޅޭ ދެއްވަދޫން ގްރޫޕްގައި ކުޅޭ ފަހު މެޗުގައި، މި މަހު 18 ވަނަ ދުވަހު ކުޅޭނީ މާމެންދޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox