މާލެ އާއި ހުޅުމާލޭގައި ސަރުކާރު ކްލިނިކްތަކެއް ގާއިމު ކުރަނީ

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުއްރައްޒާގު ހަލީމް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުއްރައްޒާގު ހަލީމް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭގެ ހަތަރު އަވަށާއި ހުޅުމާލޭގައި، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ކްލިނިކްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ ކްލިނިކްތައް ގާއިމު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މާލޭގެ ހަތަރު އަވަށާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ ހަ ކްލިނިކް ކަމަށެވެ.

"ރައީސް ނިންމަވާފައި މިއޮތީ ޖީޕީ ސާވިސް މާލޭގެ ހަތަރު އަވަށަށާއި ހަމަ ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައި ވެސް އަދި އިތުރު އެއް ތަން އިނގޭތޯ؟ އެހެންވީމާ ޖުމުލަ ހަ ތަން އަޅުގަނޑުމެން މިހާރު ޕްލޭން ކުރަމުން މިދަނީ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ކްލިނިކްތައް ހުޅުވުމަށް ވާން ޖެހޭ ތައްޔާރިތައް ވުމުގައި ހެލްތު މިނިސްޓްރީގެ ޓީމަކާއެކު މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމެއް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ކްލިނިކްތައް ގާއިމު ކުރުން ކަމަށް ހަލީމް ވިދާޅުވި އެވެ.

އެ ހުރިހާ ކްލިނިކްތަކެއް ވެސް ހިންގާނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލުން ކަމަށާއި ކްލިނިކްތަކުގައި މަސައްކަތް ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ބޭރުން ގެނައުމުގެ ބަދަލުގައި ތަމްރީނު ކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ގާއިމު ކުރާ ކްލިނިކްތަކުން ހިދުމަތް ދޭން ފެށުމުން އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ބޮޑަށް އަމާޒު ކުރާނީ ޓާޝާރީ އިމްޕޭޝަންޓް ކެއާއަށް ކަމަށް ހަލީމް ވިދާޅުވި އެވެ. އެގޮތަށް ހިދުމަތްތައް ބަދަލުވެގެން ދިޔުމުން ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުންނަށް އެމީހުން ދައްކަންޖެހެނީ ކޮންކަހަލަ ސްޕެޝަލިސްޓަކަށްކަން ވަރަށް ފަސޭހައި ދެނެގަނެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިސާލަކަށް މީހަކު މެޔަށް ތަދުވެގެން ގިނަ ފަހަރަށް، އާންމުކޮށް މި ވާގޮތަކީ ބަލި މީހާ އަމިއްލައަށް މި ޑިސައިޑު ކުރަނީ ތިމަންނާ ދައްކާނީ ކާޑިއޯ ސްޕެޝަލިސްޓަކަށްތޯ ނޫނީ ގޭސްޓްރޯއެންޓޮލޮޖީ ބޭފުޅަކަށްތޯ އަމިއްލައަށް ޑިސައިޑް ކުރަނީ އިނގޭތޯ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ބުނީ ބަލިމީހާ ދައްކަންޖެހެނީ ކޮންކަހަލަ ޑޮކްޓަރަކަށްކަން އަމިއްލައަށް ނިންމައިގެން ނަން ނޯޓު ކޮށްގެން ގިނަފަހަރު ދެއްކެނީ އަސްލު ދައްކަންޖެހޭ ޑޮކްޓަރަށް ނޫން ކަމަށެވެ. އެފަދަ ސަބަބުތަކާ ހެދި ބަލި މީހާ އަސްލު ދައްކަންޖެހޭ ޑޮކްޓަރަށް ނުދެއްކި ބޭކާރު ގޮތުގައި ވަގުތުތަކެއް ގެއްލިގެންދާ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ޖީޕީ ކްލިނިކްތައް ގާއިމު ކުރެވުނީމާ ސީދާ ޖީޕީ ކްލިނަކަށް ދިޔައީމާ އެތަނުން ޕްރިލިމިނަރީ ޑައިގްނޯސިސްއެއް ކުރާނެ ޑޮކްޓަރެއް ބަލާނެ ޖެނެރަލް ޕްރެކްޓިޝަނާއެއް، ފިޒީޝަނެއް ވިޔަސް އަދި މެޑިކަލް އޮފިސަރެއް ވިޔަސް ބަލާނެ، ބަލާފައި މިސާލަކަށް އީސީޖީއެއް ހަދަން ޖެހިއްޖެއްޔާ އީސީޖީ ވެސް ހަދާނެ، ބްލަޑް ޓެސްޓެއް ހަދަން ޖެހިއްޖެއްޔާ ބްލަޑް ވެސް އެތަންތަނުން ނެގޭނެ، އަދި ޖެނެރަލް އެކްސްރޭއެއް ނަގަން ޖެހިއްޖެއްޔާ އެކަން ވެސް ކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީޕީ ކްލިނިކްތައް މެދުވެރިކޮށް ބަލިމީހުން ބެލުމަށްފަހު ބަލި ދެނެގަނެ، އެ މީހަކު ދެން ދައްކަންޖެހޭ ސްޕްޝަލިސްޓުންނަށް އެޕޮއިންޓްމެންޓް ވެސް ކްލިނިކްތަކުން ހައްދައިދޭނެ ކަމަށެެވެ. އޭގެއިތުރުން އެ ކްލިނިކްތަކުން މެޑިކަލް ޗެކަޕްގެ ހިދުމަތް ވެސް ދޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox