ހުނަރު ދެނެގަންނަން ގޯލްޑަން ފުޓްސަލް ޗެލެންޖް އަކީ ވަރަށް ރަނގަޅު ޕްލެޓްފޯމެއް

Jan 13, 2025, 5:46 AM
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން މިނިސްޓަރު ރާފިއު އިންޓަވިއުދެއްވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން މިނިސްޓަރު ރާފިއު އިންޓަވިއުދެއްވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހުނަރުވެރި ކުޅުންތެރިން ދެނެގަންނަން ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނުވަ ވަނަ މުބާރާތް މިހާރު ކުރިއަށްދާއިރު، މި މުބާރާތުގައި އއ އަތޮޅުގެ ޓީމުތައް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު ރާފިއު އެވެ.

އެ މެޗުތަައް ބައްލަވާލެވުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދަޅުވީ، މިދިޔަ އަހަރަށް ވުރެ ގޯލްޑަން ފުޓްސަލް ޗެލެންޖު އިތުރަށް ފުޅާވެގެންދިޔައީ، މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިދިޔަ އަހަރަށް ވުރެ މި އަށް އިތުރު ޓީމުތަކާ އެއްކޮށް އެ އަށް ވުރެ ރަނގަޅަށް އޮގަނައިޒްވެގެން މި ފަހަރު މި އޮތީ އައިސްފައި، އަޅުގަނޑު ވަރަށް ފާހަގަކޮށްލަން މި ކަހަލަ އިވެންޓްތަކެއް މި ގޮތަށް ބޭއްވުމުގެ އެންމެ މުހިންމު ކަމަކީ، ކުޅުންތެރިންގެ ހާއްސަކޮށް ޔޫތު އެންގޭޖްކުރާނެ ޕްލެޓްފޯމެއް ކްރިއޭޓްވެގެންދިއުން. މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ޑިވެލޮޕްވަމުން އަންނަ ޓެލަންޓް،" ރާފިއު ވިދާޅުވި އެވެ.

"މިއަދުގެ މެޗުން (އއ. މަތިވެރި އާއި އުކުޅަސް ބައްދަލުކުރި މެޗުން) ވެސް ފެނިގެން މިދިޔައީ ވަރަށް ޔަންގް ކުޅުންތެރިން ވަރަށް ޅަ ކުޅުންތެރިން އެ ކުޅުންތެރިންގެ ހުނަރު ދައްކައި އެ ފެނިގެންދިޔަ މަންޒަރު، މިއީ، އަޅުގަނޑުމެންގެ ޕޮޓެންޝިއަލް އޮތްވަރު، ބޮޑު ޕޫލަކުން ފެނިގެންދާ ޕްރޮގްރާމެއް ދާ މުބާރާތެއް ވީމަ މި ކަހަލަ މުބާރާތުގެ އެންމެ މުހިންމު އެއް ކަމަކީ، ހުރި ޕޮޓެންޝިއަލް ދެނެގަނެ މި އަށް ވުރެ އިތުރަށް ފުޅާވެގެން ދިއުން،"

މުބާރާތް އިންތިޒާމްކުރި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން، މެޗުތައް ކުޅޭ ރެހެންދި ފުޓްސަލް ދަނޑުތައް ކައިރީގައި އެކިއެކި ކަންކަމަށް ސްޕޮންސަރުންނާ ގުޅިގެން ރާވާފައިވާ ކަންތައްތަކަކީ ވެސް މުބާރާތުގެ ރޭވުންތެރިކަން ރަނގަޅު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ފެންނަނީ ބޮޑުތަނުން ރަނގަޅުވެފައި އޮތްތަން އޭގެ ތެރޭގައި، ޕަބްލިކް ފެސިލިޓީސް ގާއިމްވެފައި އެބަހުރި، ޕަބްލިކް ރެސްޓް ރޫމްތަކާއި ކެންޓީންތަކާއި މި ހުރިހާ ކަމަކީ ވެސް ކުޅިބަލަން އަންނަ ކުޅުންތެރިންނާއި ބޭފުޅުންނަށް ފަސޭހަވެގެންދާނެ ކަންކަން މި ހުރިހާ ކަމަކީ ވެސް އެކެއް އަނެކަކަށް އެންގޭޖްވެ، އެއް ބަޔަކު ފެނިދެނިވެ، އުޅުމާއި މޮޅެތި ކުޅުންތެރިން ހޯދުމުގައި މި ކަހަލަ ޕްލެޓްފޯމަކީ ޓެލަންޓް އައިޑެންޓިފައި ކުރަން ފަސޭހަ ޕްލެޓްފޯމަކަށް ދާކަން ފާހަގަކޮށްލަން،" ރާފިއު ވިދާޅުވި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ މި މުބާރާތުގެ ކަންކަމަށް މިނިސްޓަރު ރާފިއު ދެއްވާ އަހައްމިިއްޔަތުކަން ފާހަަގަަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މުބާރާތް ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކައި، ސްޕޮންސަރުން ވެސް މުހިންމު ދައުރެއް އަދާކުރާކަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފާގަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox