ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މެންބަރުން ވެއްދި މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ

ޕީއެންސީގެ ޖަލްސާއެއްގައި އެ ޕާޓީގެ އެންމެ އިސްވެރިންނާއި މެންބަރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕީއެންސީގެ ޖަލްސާއެއްގައި އެ ޕާޓީގެ އެންމެ އިސްވެރިންނާއި މެންބަރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވައްދާފައިވާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

އެކި މީސްމީހުން ނަމުގައި ވަގު ފޯމު ހަދައިގެން، އެ މީސްމީހުންގެ ސިފަ ބަދަލުކޮށްފައި ހުރި ފޮޓޯ ޖަހައިގެން އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ކަންބޮޑުވުން ފާޅުކޮށް ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައިވާ ފޯމެއްގައި މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ސޮއި ވެސް ކޮށްފައިވެ އެވެ.

ގއ. ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު، ސައުދު ހުސެއިން އެކްސްގައި ހިއްސާކޮށްފައިވާ ފޯމެއްގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައި އޮތީ ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.

އޭގެއިތުރުން ކަންބޮޑުވުން ހިއްސާކުރި ނާއިލް ކިޔާ މީހަކު ބުނެފައި ވަނީ އޭނާގެ ނަމުގައި ޕީއެންސީއަށް ފުރާފައިވާ ފޯމުގައި ޖަހާފައި ހުރި ފޮޓޯއަކީ އެޑިޓު ކޮށްފައި ހުރި ފޮޓޯއެއް ކަމަށެވެ. އެގޮތުން އެ ފޮޓޯގައި ހުރި ގޮތަށް ދުވަހަކު ވެސް އޭނާ ތުނބުޅި ނުބަހައްޓާ ކަމަށް ނާއިލް ބުނެފައިވެ އެވެ. އަދި އެ ފޯމުގައި ކޮށްފައި އޮތް ސޮޔަކީ ވެސް އޭނާގެ ސޮއި ނޫން ކަމަށް ނާއިލް ބުނެފައިވެ އެވެ.

އޭނާގެ ނަމުގައި ވަގު ފޯމު ފުރި މައްސަލަ ބަލައިދިނުމަށް ނާއިލް ވަނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކިބައިން އެދިފަ އެވެ.

ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނާ ހިއްސާ ވެސް ކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ހިމެނޭހެން އެ ޕާޓީގެ ޓީމެއް އިލެކްޝަންސް ކޮމިޝަނަށް ގޮސް އެދުނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފޯމުތަކުގެ މައްސަލައިގައި އިލެކްޝަންސްއިން ވަކި ގޮތެއް ނުނިންމަ އެވެ.

ވަގަށް ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލައާ ގުޅިގެން ޕީއެންސީން ވެސް އެއްވެސް އެއްޗެއް ރަސްމީކޮށް މިހައިތަނަށް ބުނެފައެއް ނުވެ އެވެ.

ޕީއެންސީން މަސައްކަތް ކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ ދަފުތަރަށް 100،000 މެންބަރުން ހަމަ ކުރުމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާތަކުގެ މުވައްޒަފުން ޓީމު ހަދައިގެން ވެސް އުޅުނެވެ. ނަމަވެސް އަހަރު ނިމުނުއިރު، އެ ޕާޓީއަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވުނުކަން ރަސްމީ އެއްވެސް ލިޔެކިޔުމަކުން ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox