ގޯލްޑަން ފުޓްސަލް ޗެލެންޖް: އައްޑޫގެ ފުރަތަމަ މޮޅު ހިތަދޫ އަށް

Jan 12, 2025, 5:12 AM
ހިތަދޫ ޓީމުގެ ހާޒިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،--- ފޮޓޯ: އިމޭޖަސް.އެމްވީ

ހިތަދޫ ޓީމުގެ ހާޒިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ އައްޑޫ ސިޓީގެ މެޗުތައް ފެށިގެންދިޔައިރު، މަރަދޫގެ މައްޗަށް 3-0 އިން ކުރިހޯދައި ހިތަދޫން ފުރަތަމަ މޮޅު ހޯދައިފި އެވެ.

އައްޑޫ ސިޓީން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަށް ވަނީ ބަހާލައިފަ އެވެ. އައްޑޫ ސިޓީގެ ފުރަތަމަ މެޗުތައް، ކުރިއަށްދަނިކޮށް ރޭ ވަނީ ހުޅުމާލޭ ފޭސް ވަންގެ ބޮޑު ސަރަހައްދަކުން ކަރަންޓް ގޮސް، 20 ވަރަަކަށް މިނިޓަށް މެޗު މެދުކަނޑާލަން ޖެހިފަ އެވެ.

ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން ހިތަދޫ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، ހާޒިމް ފައުޒީ، އީމާން ނަޒީރު އަދި މުހައްމަދު ދާނިޝް އިބްރާހިމް އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، މީދޫ އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނީ، ފޭދޫ އާއި މަރަދޫފޭދޫ އެވެ. އެ މެޗު ނިމިފައިވަނީ، 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި، ފޭދޫ އަށް ލީޑުގައިދިނީ، އަހުމަދު ޒައުލް ނާޒިމް އެވެ. މަރަދޫފޭދޫގެ ކެޕްޓަން، އިބްރާހިމް ސައިފް ޖެހި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރިއިރު، އަލުން ފޭދޫން ލީޑުނެގީ، އެ ޓީމުގެ ކެޕްޓަން، ހުސެއިން ގައްސާން ލަބީބް (ހުސީ) ޖެހި ލަނޑުންނެވެ. މަރަދޫފޭދޫން އެއްވަރުކުރީ އޭރިއާބޭރުން، ހުސެއިން ޒައިދާން މުހައްމަދު އަލީ ޖެހި ގޯލުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ވަނީ މ. އަތޮޅުގެ ފުރަތަމަ މެޗު ވެސް ކުޅެފަ އެވެ. އެ މެޗު ނިމިފައިވަނީ، މ. މުލި އާއި ކޮޅުފުށި ވާދަކޮށްގެން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މ އަތޮޅުގެ ގްރޫޕް އޭގައި ހަތަރު ޓީމު ކުޅޭއިރު، ގްރޫޕް ބީގައި ކުޅެނީ ތިން ޓީމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ލ. މާވަށް - ލ. ގަން

20:00: ލ. މުންޑޫ - ލ. ކަލައިދޫ

21:00: މ. މުލައް - މ. ވޭވަށް

21:00: މ. މަޑުއްވަރީ - މ. ދިއްގަރު

22:00: ގއ. ދާންދޫ - ގ. ކަނޑުހުޅުދޫ

22:00: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި

23:00: ގއ. މާމެންދޫ - ގއ. ވިލިނގިލި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox