ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫން ފެށީ 11 ގޯލު ޖަހައި ރެކޯޑް މޮޅަކުން

Jan 12, 2025, 4:21 AM
ވާދޫ ޓީމުގެ އަޔާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވާދޫ ޓީމުގެ އަޔާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ ގދ. ވާދޫން 11-1 އިން ފިޔޯރީ ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު މޮޅާ އެކު ވަރުގަދަކޮށް ފަށައިފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2023 ވަަނަ އަހަރުގެ ރަނަރަޕް، ވާދޫން މި ފަހަރު ކުޅެނީ، އަތޮޅުގެ ގްރޫޕް ބީގަ އެވެ. ގދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ވާދޫން ފުރަތަމަ މެޗުގައި ވެސް މި ވަނީ ތަފާތު ދައްކައި، ރެކޯޑް މޮޅެއް ހޯދައިފަ އެވެ.

އަހުމަދު ވިސާލް (އަންދު)ގެ ކޯޗުކަމުގައި ކުޅޭ ވާދޫން ރޭ ޖެހި ގޯލުތަކަށް ބަލާއިރު، ނަޝާހު އަހުމަދު (ނައްޓު) ވަނީ ހެޓްރިކެއް ހެދިއިރު، މުސައްނިފު މުހައްމަދު (މުއްސެ) ދެ ގޯލު ޖެހި އެވެ. އަނެއް ގޯލުތައް ޖެހީ، ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ)، މުހައްމަދު އިޔާދު އަލީ، އިބްރާހީމް ޝައުފް މުހައްމަދު، ޔަޒްދާން އިބްރާހީމް، އަބްދުﷲ އާހިލް އަލީ އަދި ޒައިން މުހައްމަދު އެވެ. މި މެޗުގައި، ފިޔޯރީން ކާމިޔާބުކުރި ގޯލަކީ، ވާދޫގެ އަޔާ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ގދ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުރިމަތިލުމަކަށް ފަހު، މަޑަވެލިން ވަނީ 3-2 އިން ތިނަދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި، މަޑަވެލީގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު މުއާދު އާއި އަހުމަދު ސިނޫ މަހުމޫދު އަދި އިބްރާހީމް އާލު އަހުމަދު އެވެ. މި މެޗުގައި، ތިނަދޫގެ ލަނޑުތައް ކާމިޔާބުކުރީ އިބްރާހީމް އަހުމަދު އާއި އަހުމަދު ޒައިދު މުހައްމަދު ނައީމް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ލ. މާވަށް - ލ. ގަން

20:00: ލ. މުންޑޫ - ލ. ކަލައިދޫ

21:00: މ. މުލައް - މ. ވޭވަށް

21:00: މ. މަޑުއްވަރީ - މ. ދިއްގަރު

22:00: ގއ. ދާންދޫ - ގ. ކަނޑުހުޅުދޫ

22:00: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި

23:00: ގއ. މާމެންދޫ - ގއ. ވިލިނގިލި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox