ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އއ އަތޮޅުގެ ފޯރި އަންނަނީ ގަދަވަމުން

Jan 11, 2025, 9:08 AM
ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްސަން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްސަން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އއ އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ބޮޑުވެ، އެ އަތޮޅުގެ ފުޓްސަލް ފޯރި ވެސް ގަދަވަމުން އަންނަ ކަމަށް އއ. މަތިވެރި ޓީމުގެ ތަރި، އަލީ އަލްސަން ބުނެފި އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށް، ރާއްޖޭގެ ފުޓްސަލްގެ ގަދަ އަށް ޓީމުގެ ތެރޭގައި މަތިވެރި ވަނީ ހިމެނިފަ އެވެ. އެއީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާތަނަށް އެ ޓީމުގެ އެންމެ ރަނގަޅު ނަތީޖާ އެވެ.

މަތިވެރިން މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބޮޑޮފޮޅުދޫ ބަލިކޮށްފަ އެވެ. އެއީ، މަތިވެރިން އަތޮޅު ތަށި ހޯދި ދެ ވަނަ ފަހަރެވެ. މަތިވެރިން ވަނީ، މާމިގިލި ބަލިކުރުމަށް ފަހު، ހަތަރެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިދިޔަ އަހަރު އއ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލްސަން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި، ތޮއްޑޫ އަތުން މަތިވެރި މޮޅުވި މެޗުގައި ދެ ގޯލު ޖެހި އެެވެ.

"ފުރަތަަމަ މެޗު ފުދޭވަރަކަށް އުނދަގޫކޮށް ދިޔައީ. ވަރަށް ތައްޔާރުވެފައި އިނީމަ މި ވަރު މިވީ. އަލްހަމްދުލިއްލާހި ފުރަތަމަ މެޗު ވެސް ރަނގަޅަށް މިދިޔައީ،" ފުރަތަމަ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އަލްސަން ބުންޏެވެ.

އަލްސަން ދެކޭ ގޮތުގައި އއ އަތޮޅުގައި ފުޓްސަލް އަށް އޮތް ފޯރި ގޯލްޑަން ފުޓްސަލް ޗެލެންޖުން ވަރަށް ރަނގަޅަށް ފެންނަމުން އަންނަ ކަަމަށެވެ. އަދި ރަނގަޅަށް ތައްޔާރުނުވެއްޖެނަމަ، މަތިވެރިން އެ ހޯދަމުން އަންނަ ކާމިޔާބީ ތަކުރާރުކުރަން ފަސޭހަނުވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"އަތޮޅުގަ އޮންނަ ވާދަވެރިކަން އެބަފެނޭ، މިދިޔަ އަހަރު ބައިވެރިވީ ހަތަރު ޓީމު، އެކަމަކު މި ފަހަރު ބައިވެރިވެއްޖެ އަށް ރަށުން (އަތޮޅުގެ). އަތޮޅު އެއްކޮށް ބައިވެރިވެއްޖެ، އޭގެ އިން ވެސް އެނގެނީ އަތޮޅުގައި އޮންނަ ފޯރިގަދަކަން. ވަރަށް އެއްވަރެއްގެ ރަށްތަކެއް މި ހުންނަނީ. ވަރަށް ބޮޑަށް ތައްޔާރުވެގެން މި ވަނީ މި ވީ،" ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަލްސަން ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ޖުމްލަ އެކު، 11 މެޗެއް ކުޅޭއިރު، ހަވީރުގެ މެޗުތައް 16:00 ގައި ފަށާނީ، އުުކުޅަސް އާއި މަތިވެރި ބައްދަލުކުރާ މެޗާއި ތޮއްޑޫ އާއި ހިމަންދޫ ކުޅޭ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox