ނަތަންޔާހޫގެ ދިފާއުގައި އައިސީސީއަށް ދަތިކުރަން އެމެރިކާ ކޮންގްރެސް އިން ފާސްކޮށްފި

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހުންނަ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ އިދާރާ. އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ކޮންގްރެސް އިން އިއްޔެ ފާސްކުރި. ފޮޓޯ:ގެޓީ އިމޭޖަސް

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހުންނަ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ އިދާރާ. އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ކޮންގްރެސް އިން އިއްޔެ ފާސްކުރި. ފޮޓޯ:ގެޓީ އިމޭޖަސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެތަނުގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމަރު ނެރެފައިވާތީ އެކޯޓަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން، އެމެރިމާ ޕާލަމެންޓުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން އިއްޔެ ފާސްކޮށްފި އެވެ.

އައިސީސީ އާއި އެ ކޯޓަށް ވާގިވެރިވާ ކޮންމެ މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ގޮތަށް "އިލެޖިޓިމޭޓް ކޯޓް ކައުންޓަރެެކްޝަން އެކްޓް" ގެ ނަމުގައި އެކުލަވައިލި ބިލު ހައުސް އޮފް ރެޕްރެޒެންޓިޓިވްސް އިން ފާސްކުރީ ގިނަ އަދަދެއްގެ ވޯޓުންނެވެ. އެބިލު ފާސްކުރަން 243 މެންބަރުން ވޯޓުދިން އިރު ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނީ 140 މެންބަރެކެވެ.

ބިލު ފާސްކުރަން ވޯޓު ދިން މެންބަރުންގެ ތެރެއިން 45 މެންބަރުންނަކީ އެމެރިކާގައި މިހާރު ވެރިކަންކުރާ ޑިމޮކްރެެޓިކް ޕާޓީގެ މެންބަރުންނެވެ. އަނެއް 198 މެންބަރުންނަކީ ވެރިކަމަށް މިހާރު އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ.

އެބިލު ގާނޫނަކަށް ވާނީ އެމެރިކާ ޕާލަމެންޓްގެ މަތިގެ، ސެނެޓުން ވެސް ފާސްކޮށް ރައީސް ތަސްދީގު ކުރުމުންނެވެ. އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެމެރިކާ ރައްޔިތަކާ ނުވަތަ އެމެރިކާގެ ބައިވެރިންގެ ތެރެއިން އައިސީސީ ބަލައިނުގަންނަ ގައުމެއްގެ ރައްޔިތަކާ ދެކޮޅަށް ތަހުގީގެއް ހިންގަން ނުވަތަ ދައުވާކޮށް ހައްޔަރުކުރަން އައިސީސީއަށް އެހީވާ ކޮންމެ މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ އެވެ.

އިޒްރޭލާ އެމެރިކާ އިން އައީސީސީ އުފެއްދި ރޯމް ސްޓެޓިއުޓް މުއާހަދާ ގައި ބައިވެރިއެއް ނުވެ އެވެ.

އިޒްރޭލުގެ ނަތަންޔާހޫއާއި ގަލާންޓް ހައްޔަރުކުރަން އައިސީސީން އަމުރެެއް ނެރުނީ ގާޒާގައި ނަސްލުހޭދު ކުރިއަށް ގެންދާތީ އެވެ. އޮކްޓޯބަރު، 2023، އިން ފެށިގެން މިހައިތަނަށް، އިޒްރޭލުން ގާޒާގައި މަރައިލި މީހުންގެ އަދަދު ވަނީ 46،000 ފަހަނައަޅައި ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox