އެމެރިކާގައި ވަރުގަދަ އަލިފާންގަނޑެއް، 1،000 އަށް ވުރެ ގިނަ ގެ އަނދައި ފަސް މީހުން މަރުވެއްޖެ

Jan 9, 2025, 6:51 AM
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ވީރާނާވެފައިވާ ސަރަހައްދެއް. ފޮޓޯ:ރޮއިޓާސް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ވީރާނާވެފައިވާ ސަރަހައްދެއް. ފޮޓޯ:ރޮއިޓާސް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ރޯވެ އަނދަމުންދާ ބޮޑެތި އަލިފާންގަނޑުތަކުގެ ސަބަބުން ފަސްމީހުން މަރުވެ، ހާހަކަށް ވުރެ ގިނަ އިމާރާތް އަނދައި އަޅިއަށް ވެއްޖެ އެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ކެލިފޯނިއާ ސްޓޭޓްގެ ޖަންގަލިތަކުގެ އެކި ސަރަހައްދުތަކުގައި ތިން އަލިފާންގަނޑެއް، މިހާރު ވެސް ކޮންޓްރޯލް ނުވެ އަނދަމުން އެބަ ދެ އެވެ. އެ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރިފައި ވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ލޮސްއެންޖަލިސް އިންނެވެ. އެ ޝަހަރުން 100،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވާއިރު އޭގެ ތެރޭގައި ހޮލީވުޑް ސެލެބްރިޓީން ވެސް ހިމެނެ އެވެ.

ކެލިފޯނިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން، ވިޔަފާރިތަކާއި ގެތައް ހިމެނޭ ގޮތުން ޖުމްލަ 1.5 މިލިޔަން ތަނަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

Advertisement

އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި މިހާރު އަނދަމުންދާ އަލިފާންގަނޑުތަކަކީ މީގެ ކުރިން ދުވަހަކު ވެސް ރޯނުވާހާ ވަރުގަދަ އަލިފާންގަނޑުތަކެވެ. އަދި އެއިން އެއްވެސް އަލިފާންގަނޑެއްގެ އެންމެ ޕަސެންޓެއް ވެސް މިހައިތަނަށް ކޮންޓްރޯލްކުރެވިފައެއް ނުވެ އެވެ.

ލޮސްއެންޖަލިސްގެ މޭޔަރު ކަރެން ބާސް، މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި އަލިފާންގަނޑުތައް ވަރުގަދަވީ ހަނަފަސްކަން ބޮޑުވެފައި ވުމާ އެކު ވައިޖެހޭލެއް ގަދަކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox