ބޮޑު ވަފުދަކާއެކު ރަށްރަށަށް ދަތުރު ކުރަނީ މި އަހަރު ކޮށްދޭނެ ކަންކަމުގެ ވާހަކަ ކިޔައިދޭން ކަމަށް ރައީސް ވިދާޅުވެއްޖެ

ކަނޑުހުޅުދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކަނޑުހުޅުދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މިނިސްޓަރުންނާއި އެކި ފަންތީގެ ބޭފުޅުންނާއެކު ރާއްޖޭގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ މި އަހަރު ތެރޭގައި ފަށާނެ މަޝްރޫއުތަކާއި ނިމޭނެ މަޝްރޫއުތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދޭން ކުރައްވާ ދަތުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ގއ. ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ރައްޔިތުންނަށް މުހިންމުވާ ކަންކަމުގެ ތެރެއިން މި އަހަރު ކުރެވޭނެ ކަންކަމުގެ ވާހަކަ ކިޔައިދިނުމަށް ކުރައްވާ ދަތުރުތަކެއް ކަމަށެވެ.

"އަޅުގަނޑު މި ދަތުރުތައް މި ކުރަނީ މި ކަންކަން ކޮށްދޭނެ ވާހަކަ ރައްޔިތުންނަށް މުހިންމުވެފައިވާ ކަންކަން ވަރަށް އިސްކަން ދީގެން މި އަހަރު ތެރޭގައި ހިނގައިގަންނާނެ ވާހަކަ އަދި ނިމެމުން ދާނެ ވާހަކަ ދަންނަވަން ވެގެން، އަދި ތި ބޭފުޅުން ވިދާޅުވާން ހުރި ވާހަކަތައް ވެސް އަޅުގަނޑު ގާތުގައި ތަންކޮޅެއް ގާތުން މިހެން ބައްދަލުވެލައިގެން ދައްކައިލުމުގެ ފުރުސަތު ދިނުމަށްޓަކައި އަދި އަޑުއަހަން ވެސް އަޅުގަނޑު ބޭނުންވާތީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކަނޑުހުޅުދޫއަށް ވަޑައިގެން އެރަށް ވަރަށް ބައިވަރު ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފަށައި ނިންމައިދެއްވާނެ ކަމަށާއި އެ ރަށު ސިއްހީ މަރުކަޒުގައި 24 ގަޑިއިރު، ހިދުމަތް ދޭން ފެށޭވަރު ވެސް މި އަހަރު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން އެ ރަށުގެ ފުޓްސަލް ދަނޑުގައި ފެންސު ޖެހުމާއި ރޮސްޓްރަމްއެއް ތަރައްގީ ކުރުމާއި ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި އެތުލެޓިކްސްއަށް ވެސް ބޭނުން ކުރެވޭ ފެންވަަރަށް ދަނޑު މި އަހަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ކަނޑުހުޅުދޫގެ ސްކޫލަށް ވާރޭވެހޭ މައްސަލައަށް ހައްލު ހޯދައި ދިނުމަށް އެދި މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީގައި އެދުނު ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައި ނުވާތީ އެރަށު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް، އަސްފާހު ހަސަން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ރައީސްއަށް ޝަކުވާ ދަންނަވައިފަ އެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސްކޫލްގެ މަސައްކަތް ނުހިނގާ ލަސްވެފައިވާ މައްސަލަ ހައްލުކޮށް މިހާރު ހިނގަމުންދާ މަސައްކަތުގެ އިތުރުން ވެސް ކްލާސް ރޫމްތަކެއް އެ ކަނޑުހުޅުދޫ ސްކޫލުގައި އަޅައިދެއްވާނެ ކަމަށެވެ.

"ސްކޫލަށް މަލްޓިޕާޕަސް ހޯލާއި އަދި އަޅަމުންދާ ކްލާސް ރޫމުތަކުގެ އިތުރަށް ވެސް އަޅުގަނޑު ގަބޫލު ކުރަނީ މި ރަށުގައި މި ސްކޫލްގައި އަދި އިތުރު ކްލާސް ރޫމްތައް އެޅުމަކީ ހަމަ ކުރަންޖެހޭ ކަމެކޭ، އެހެންވީމާ މިހާރު މަސައްކަތް ކުރެވެމުންދާ މަޝްރޫއުގެ ސްކޯޕުގެ އިތުރަށް ވެސް ކްލާސް ރޫމްތައް ހިމަނައިގެން މި ރަށުގެ ކްލާސް ރޫމާއި އަދި މަލްޓި ޕާޕަސް ހޯލު ނިންމައިދޭނެ ވާހަކަ، މި ސްކޫލުގެ ނިންމައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox