އުންމީދު ކުރި ވަރަށް ވުރެ ފެށުން ދަށް، ތިމަރަފުށިން ރަނގަޅުކުރާނެ

Jan 8, 2025, 10:07 AM
ކިނބިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ތިމަރަފުށީ ޓީމުގެ އަސްވަދު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކިނބިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ތިމަރަފުށީ ޓީމުގެ އަސްވަދު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެެލެންޖު 2025 ގައި ތ. ތިމަރަފުށިން އަތޮޅު ބުރުގައި ކުޅުނު ފުރަތަަމަ މެޗުން ކިނބިދޫ އަތުން 2-1 އިން މޮޅުވިއިރު، އެ މެޗުގައި ތިމަރަފުށިން އުންމީދުކުރި ވަރަށް ނުކުޅެވުނު ކަމަށާއި ކުރިއަށް އޮތްތަނުގައި ކަންކަން ރަނގަޅުކުރާނެ ކަމަށް ޓީމުގެ ތަރި، އިބްރާހިމް އަސްވަދު (ގަބޭ) ބުނެފި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުބާރާތުގެ ޗެމްޕިއަންކަން، ތިން ފަހަރު (2016، 2019 އަދި 2022) ހޯދާފައިވާ ތިމަރަފުށިން ކުޅުނު ފުރަތަމަ މެޗުގައި ކިނބިދޫ އަތުން ހޯދީ އުނދަގޫ މޮޅެކެވެ. ތިމަރަފުށީގެ ކެޕްޓަން، އިބްރާހިމް ސިނާހު (ސިނާ) އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި މި މެޗުގައި، ކިނބިދޫން ވަނީ މުހިންމު ކުޅުންތެރިން ނުލައި ފަހު ވަގުތާ ހަމައަށް ޖެހެންދެން ނަތީޖާ ހަމަހަަމަކުރަން ޕްރެޝަރު ކޮށްފަ އެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގަބޭ މެޗަށް ފަހު ބުނީ، ފުރަތަމަ މެޗުގައި ކަންކަން ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށެވެ.

"އަސްލު ފުރަތަަމަ މެޗުގައި އުންމީދުކުރި ވަރަށް ވުރެ ސަކަރާތްކޮށް މިދިޔައީ ދޯ. ބޮޑަށް ލަފާކުރަނީ ފުރަތަމަ މެޗު ވީމަ، މެޗެއް ނަގާލަން މުހިންމުވީމަ ކަންނޭނގެ މިހެން މި ވީ. އެކަމަކު އުންމީދުކުރި ވަރަށް ވުރެ ސަކަރާތްކޮށް ކުޅެވުނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އަޅުގަނޑުމެން ދާނީ ރަނގަޅުކުރަމުން، ހަމަ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނީ. އުންމީދުކުރި ގޮތެއް ނުން މިއީ،" ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގް އޮފް ފުޓްސަލްގެ މަގާމު ދެ ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ، ގަބޭ ބުންޏެވެ.

މި ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތ. އަތޮޅުން 10 ރަށް ވާދަކުރެ އެވެ. ގަބޭ ދެކޭގޮތުގައި މިއީ އަތޮޅު ތަށި ހޯދަން ވެސް އެންމެ ޗެެލެންޖު ބޮޑުވާނެ އަހަރެވެ.

"މިހާރު އަސްލު ވާ އެއްޗަކީ އަތޮޅުގެ ހުރިހާ ރަށެއް ވެސް ވަރަށް ރަނގަޅަށް މި އޮތީ، އެ މީހުން ވެސް، ވަރަށް ރަނގަޅަށް ކުޅެ، ޕްރެކްޓިސްތަކެއް ކޮށް، ހުރިހާ އެންމެންނަށް ވެސް މީތި (ފުޓްސަލް) އެނގި، ކުޅޭ މީހުން ގިނަ ވެފައި މި އިންނަނީ، އެހެންވީމަ ވަރަށް އުނދަގޫވާނެ ކަމަށް މި ބަލަނީ، މިއީ އެންމެ އުނދަގޫ ފަހަރަށް ވާނެ ކަމަށް މި ބެލެވެނީ،" ގަބޭ ބުންޏެވެ.

ތިމަރަފުށްޓާ އެއް ގްރޫޕެއްގައި އޮތީ ކިނބިދޫގެ އިތުރުން، ވިލުފުށި، އޮމަދޫ އަދި ދިޔަމިގިލި އެވެ. ތިމަރަފުށިން ދެން ކުޅޭ މެޗުގައި، މި މަހު 14 ވަނަ ދުވަހު ކުޅޭނީ ދިޔަމިގިލިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox