ބޮޑު ހިލަ ނުލިބިގެން މަޝްރޫއުތަކެއް ހުއްޓުނު، މިހާރު ގަނޑުކޮށް ގަންނަން ނިންމައިފިން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޮޑު ހިލަ ނުލިބިގެން މަޝްރޫއުތަކެއް ހުއްޓުނު، މިހާރު ގަނޑުކޮށް ގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޮޑު ހިލަ ނުލިބިގެން މަޝްރޫއުތަކެއް ހުއްޓުނު، މިހާރު ގަނޑުކޮށް ގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ބޮޑު ހިލަ ނުލިބިގެން ތަރައްގީގެ މަޝްރޫއުތަކެއް ހުއްޓުނު ނަމަވެސް، މިހާރު ގަނޑުކޮށް ބޮޑު ހިލަ ގަންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަދުއަތޮޅު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ގިނަ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ ފައިސާގެ އިތުރުން ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިދިޔަ ހަފުތާގައި މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ބައްދަލުކޮށް މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ގޮތްތަކެއް ރާވާފައިވާ ކަމަށާއި އެންމެ ބޮޑަށް ނުލިބިގެން އުޅޭ ބޮޑު ހިލަ ގަނޑުކޮށް ގަތުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިގޮތަށް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން. ބޮޑު ހިލަ އެންމެ ބޮޑަށް، އެންމެ ގިނަ ރަށްތަކުގައި މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑު ހިލަ ނުލިބުން. މިދިޔަ ހަފްތާ ތެރޭގައި އަޅުގަނޑު ހަމަ މިކަމާ ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއި އެކީގައި ބައްދަލުވުމެއް ބާއްވާފައި. ގޮތްތަކެއް ރާވަފައިފިން. ހުރިހާ ރަށަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ރާއްޖެ ގެންނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޮޑު ހިލައިގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާ ތަކެތި ވެސް ނުލިބި އެބަހުރި ކަމަށާއި ނުލިބިގެން އުޅޭ ހިލައަކީ ބަނދަރުތަކާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން ބިން ހިއްކުމާއި ތޮށިލުމަށް ބޭނުންވާ ހިލަ ކަމަށެވެ.

އޭގެ އިތުރުން ރަށްރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް މިދިޔަ ހަފުތާގައި ހަމަޖައްސައިދީފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ މިހާރު ވަނީ ކަންތައްތަކެއް ރޭވިފައި. އެކަން ކުރާނެ ގޮތްތަކެއް. ފައިސާ ވެސް ހަމަޖައްސައި ދީފައި އޮންނާނީ މިދިޔަ ހަފްތާ ހަމަ ނިމުނު ތަނުގައި. އެހެންވީމަ މިގޮތަށް މި ކަންތައްތައް މި ރާވާލީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ރަށްރަށުގައި ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ހުއްޓިފައި އޮތުމަކީ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

އެގޮތުން އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ގެނެެސްފައި ހުރި ސާމާނު އެހެން ތަށްތަކަށް ގެންދާތީ ރައްޔިތުން އިހުތިޖާޖުކޮށް އެކަން ހުއްޓުވާފައި ވެސް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox