ރޯދައިގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުވާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދައިގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދައިގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އަންނަ ރޯދަ މަހުގެ ކުރިން އެއްވެސް ރަށެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައި އޮތް ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުވަދުއަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ގުޅިގެން ރާއްޖޭގައި ކަރަންޓު މައްސަލަ ދިމާވެފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް އާ ޖަނަރޭޓަރުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީ އާއި ފެނަކަ އާއި އެސްޓީއޯ އާއި އެމްޓީސީސީ ކުންފުނިތައް ގުޅި ކުރިއަށް އޮތް ރޯދަ މަސް އަންނަންވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި ހަމަ އެންމެ ރަށެއް ވެސް، މައްސަލައެއް އޮތް ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.

Advertisement

ރޯދައިގެ ކުރިން ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމަކީ ބޮޑު ގޮންޖެހުމަކަށްވީ ނަމަވެސް، ރައްޔިތުން ކަންބޮޑުނުވެ ހިތްހަމަޖެހޭ ފެންވަރަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ އަމާޒު ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުވާފަ އެވެ.

"މިއީ ވެސް ބޮޑު ޗެލެންޖަކަށް ވާނެ ކަމެއް. އެހެންނަމަވެސް އެ މަސައްކަތް މިފެށީ. އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރަމަޟާން މަހު ތިބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑު މި އަމާޒު ހިފި ކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނަން ތިބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް މިކަން ކޮށްދެވޭތޯ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި ކަރަންޓުގެ މައްސަލަ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައިވާ ކަމަށެވެ.

އެގޮތުން ފެނަކައިގެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތަކަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ޖަނަރޭޓަރުތަކެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"ވަރަށް އިސްކަމެއް އަޅުގަނޑުމެން ދެން ހާއްސަކޮށް ރޯދަ މަސް އަންނާތީއާ އެކީގައި ކަރަންޓުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް. މިއީ މިރަށެކޭ އެއްގޮތަށް ހަމަ ވަރަށް ގިނަ ރަށްރަށުގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. ފެނަކައިގެ އިންޖީނުގެތަކުގެ ޖަނަރޭޓަރުތައް ހަލާކުވުން، ނޫނިއްޔާ ބަދަލު ކުރަން ޖެހި، އިތުރު ކުރަން ޖެހި، ސައިޒު ބޮޑުކުރަން ޖެހިފައި މިހިރީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހޭދަ ކުރަން ޖެހުނީ ކުރިން އެ ޖަނަރޭޓަރުތައް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވާއިރު، މާލޭގެ އިތުރުން ރަށްރަށުގައި ކަރަންޓު ބިލު ބޮޑުވާ މައްސަލައަކީ ފަހަކަށް އައިސް ރައްޔިތުން ވަރަށް ބޮޑަށް ކުރަމުން އަންނަ ޝަކުވާއެކެވެ.

ނަމަވެސް ކަރަންޓު ބިލު ބޮޑުވާ މައްސަލައާ ބެހޭ ގޮތުން ރައީސް މުއިއްޒު އެއްވެސް އެއްޗެކޭ ވިދާޅުނުވެ، ދެއްކި ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ވާހަކަ އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox