ރައީސްގެ ހިޔާލު: ކައުންސިލްތަކުގެ ރައީސާއި ނައިބު ފިޔަވައި ބާކީ މެންބަރުންނަކީ ޕާޓް-ޓައިމް މަގާމުތަކަކަށް ބަދަލުކުރުން

Jan 7, 2025, 5:35 PM
ރައީސްގެ ހިޔާލު: ކައުންސިލްތަކުގެ ރައީސާއި ނައިބު ފިޔަވައި ބާކީ މެންބަރުންނަކީ ޕާޓް-ޓައިމް މަގާމުތަކަކަށް ބަދަލުކުރުން

ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރެއްވުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވި ހިޔާލުގެ ބަދަލުގައި ކައުންސިލްތަކުގެ އަދަދު މަދު ނުކޮށް އިންތިހާބު ކުރާ މެންބަރުންގެ ތެރެއިން ރައީސް އާއި ނައިބު ރައީސް ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ޕާޓް-ޓައިމް މަގާމުތަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހިޔާލު ހުށަހަޅުއްވައިފި އެވެ.

ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ފިޔޯރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ޖުލައި 7، 2024 ގައި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ހިޔާލު ހުށަހެޅުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު އެ ހިޔާލަށް ބަދަލުތަކެއް ގެންނަވާފަ އެވެ.

އެ ރޭ ކައުންސިލްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ތިބޭ އަދަދަށް އެއްގޮތަކަށް ވެސް ކައުންސިލްތަކަށް މެންބަރުން ބޭނުން ނުވާ ކަމަށެވެ. އެއާއެކު ބައެއް ފަރާތްތަކުން ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ ބައިވެރިވުން ގެއްލޭނެ ކަމެއްކަން ފާހަގަކޮށްފަ އެވެ.

"ކައުންސިލަރުންގެ އަދަދު މަދު ނުކޮށް ފުލް-ޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބު ކުރާނީ ކައުންސިލްގެ ރައީސްގެ މަގާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުން ކަމަށް ކަނޑައަޅައި، ދެން މިހާރު ވެސް ތިބި އަދަދަށް ކައުންސިލަރުން އިންތިހާބު ކުރާނީ،" ރައީސް ވިދާޅުވި އެވެ.

އެގޮތަށް އިންތިހާބު ކުރާ ބާކީ މެންބަރުންނަކީ ކައުންސިލްތަކުގެ ޖަލްސާގައި ބައިވެރިވާ އަދަދަށް ބިނާކޮށް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖެއްސިދާނެ ކަމަށާއި އޭރު ޑިމޮކްރަޓިކް ރެޕްރެޒެންޓޭޝަނަށް އަސަރު ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބަދަލު ސިޓީ ކައުންސިލްތަކަށް ގެނައުމަށް ވެސް ހުށަހެޅުއްވި އެވެ.

"މިހާރު ތިބި އަދަދަށް ކައުންސިލަރުން ތިބޭނީ. އެހެން ނަމަވެސް އޮފީހުގައި ފުލްޓައިމްކޮށް ގާއިމުވެ އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް. މިކަން ކުރެވިދާނެ ރައީސްކަމަށް ކުރިމަތިލާ މީހާއާ އެކީގައި ރަނިންމޭޓެއްގެ ގޮތުގައި މީހަކު ކުރިމަތިލައިގެން އެ މީހާއާ އެކީގައި ވޯޓުލާން. އޭރުން އެއް ފިކުރެއްގެ އެއް ސިޔާސީ ހިޔާލެއްގެ ދެ މީހުން ހޮވުމުގެ ފުރުސަތު ލިބޭނެ،" ރައީސް މިރޭ ވިދާޅުވި އެވެ.

އެ ބަދަލު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރުމުގައި ގެނައުމަށް ވެސް ރައީސް ހުށަހެޅުއްވި އެވެ. އޭރުން ހިންގުމުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށާއި އެކަމާ ބެހޭ ބަހުސް އާންމުން ކުރެއްވުމަށް ފަހު ރަނގަޅު ވިސްނުމެއް އައުމަކީ އެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓުކޮށް، މިނިވަން ކޮމިޝަންތަކުގެ އަދަދު މަދު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް މީގެކުރިން ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox