ބޮޑު ޗެލެންޖެއް ނަގައި ސާލިޔާ ގޯލްޑަންގެ ތާރީހުގެ ތެރެއަށް

Jan 7, 2025, 7:16 AM
ގޮއިދޫގެ ކޯޗު ޝާލިޔާ: އޭނާ އަކީ ގޯލްޑަންގެ ތާރީހުގައި ވެސް ބެންޗަކުން ފެނުނު ފުރަތަމަ އަންހެން ކޯޗު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޮއިދޫގެ ކޯޗު ޝާލިޔާ: އޭނާ އަކީ ގޯލްޑަންގެ ތާރީހުގައި ވެސް ބެންޗަކުން ފެނުނު ފުރަތަމަ އަންހެން ކޯޗު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި އެންމެ ގިނަ ޓީމުތައް ބައިވެރިވެގެން ކުރިއަށްގެންދާ ކުޅިވަރު ހަރަކާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެވެ. އެ މުބާރާތް ބާއްވާތާ މި ހިނގަނީ ނުވަ ވަނަ އަހަރެވެ. އަހަރުން އަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފެންވަރު ރަނގަޅުވަމުން އަންނައިރު، ބައިވެރިވާ ރަށްރަށުގެ އަދަދު މިދިޔަ އަހަރުތަކުގެ މުބާރާތްތަކަށް ބަލާއިރު ހުރީ ސަތޭކަ އަށް ވުރެ މަތީގަ އެވެ. މިހާތަނަށް މި މުބާރާތުގެ ތާރީހުގައި ވެސް ބެންޗަކުން ފެނުނު ހަމައެކަނި އަންހެން ކޯޗަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓްސަލް ކުޅުންތެރިޔާ، ފާތިމަތު ސާލިޔާ އެވެ.

މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ސާލިޔާގެ ކޯޗުކަމުގައި، ށ. ގޮއިދޫން ވާދަކުރާއިރު، އެ ޓީމުގެ ފުރަތަމަ މެޗުގައި ރޭ ވަނީ ބިލެތްފަހި އަތުން 2-1 އިން ބަލިވެފަ އެވެ. ރޭގެ މެޗަށް ފަހު ސާލިޔާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުނީ، އެވްރެޖްކޮށް ތައްޔާރީތައް ދިޔަ ގޮތާ ބަލާއިރު، ކަންކަން ރަނގަޅުކަމަށާއި ރަނގަޅުކުރަން ހުރި ކަންކަމަށް މަސައްކަތްކޮށް ކުރިއަށް ހުރި މެޗުތަކަށް ފޯކަސް ކުރާ ކަމަށެވެ.

"ހިތްހަަމަޖެހޭ އެވްރެޖްކޮށް، އަސްލު ތޯހާ ކޯޗުގެ ވަރަށް ބޮޑު ސަޕޯޓަކާ އެއްކޮށް މި ހުރީ ނުކުމެ، ވަރަށް އެކްސްޕީރިއަންސް ކޯޗުން މި އުޅެނީ، އަސްލު ވަރަށް ސަޕޯޓިވް ހުރިހާ ކޯޗުން ވެސް. ދަސްކުރަން ޖެހޭ އޮޕޮޗިއުނިޓީއެއްވީމަ (ނެގީ). ދެން ތޯހާ ކޯޗުގެ ފުލް ސަޕޯޓާ އެކީގައި ނުކުމެ މި ހުރީ،" ސާލިޔާ ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައި، ރެކޯޑެއް ގާއިމްކުރި އޭރު އެމްޕީއެލް ޓީމުގެ ކެޕްޓަަން ސާލިޔާ ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ގިނަ ފަހަރުތަކެއްގައި ހޯދައިފަ އެވެ.

ސާލިޔާ ބުނީ، ގޮއިދޫ ޓީމުގެ ކުޅުންތެރިން ބޭނުންވާ ލެވަލަށް ގެންދަން މަޑުމަޑުން ކަންކަން ރަނގަޅުކުރަމުން އަންނަ ކަމަށެވެ.

"ރަށްރަށުގައި އުޅެފައި މި އަންނަނީ، ދެން އެ ކުދިންނަކީ އަނެއްހެން ކޯޗެއް ބޭނުންކޮށްގެން (ގަވާއިދުން) ޕްރެކްޓިސް ކުރާ ބައެއް ނުވީމަ މި ކޮޅަށް އައިސްފައި މި ލިބޭ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޭނުންވާ ވަރަށް މުބާރާތަށް ރެޑީނުވެ މި އަންނަން ޖެހެނީ، އެކަމަކު، މި އުންމީދު ކުރަނީ މުބާރާތް ކުރިއަށްދާ ވަރަކަށް މި ލިބޭ ޕްރެކްޓިސްތަކާ އެކު ރަނގަޅުވެގެންދާނެ ކަމަށް،" ސާލިޔާ ބުންޏެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީގައި ވެސް ސާލިޔާގެ ހިއްސާ ބޮޑެވެ. އެއީ، ނޭޕްލާގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރާއްޖޭން ލޯ މެޑަލް ހޯދިއިރު، ޓީމުގެ ކެޕްޓަނަކީ ޝާލިޔާ އެވެ.

ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2021 ގައި ގައުމީ އިނާމު ވެސް ލިބިފައިވާ ޝާލިޔާ މިހާރު ނުކުމެ އެ ހުރީ ކުޅިވަރުގައި އާ ޗެޕްޓަރެއް ފަށައި، ޗެލެންޖެއް ވެސް ނަގައިގެންނެެވެ.

"(ކޯޗިން) މިއީ ހަމަ ކުރިއަށްދާން ލިބުނު ރަނގަޅު ފުރުސަތެއް. ކުރިއަށް އޮތްތާގައި މި އުންމީދުކުރަނީ ހަމަ (އިތުރު ފުރުސަތު ލިބޭނެ ކަމަށް). އަންހެން ކުއްޖެއް ވީމަ ތަންކޮޅެއް ގިނަ މީހުން އުންމީދުކުރާނެ ޓީމެއް ހަވާލުކުރަން ވެސް. އެ ގޮތަށް ވަރަށް ޝުކުރު އަދާކުރަން ބޭނުން ށ. ގޮއިދޫގެ ކައުންސިލަށާއި (ޓީމު) މެނޭޖްމަންޓަށް. ހާއްސަކޮށް ތޯހާ ކޯޗަށް. ދެން، އުންމީދުކުރަނީ އިތުބާރު ދީގެން އިތުރަށް މި ކަހަލަ ޗާންސް ލިބޭނެ ކަމަށް، ލިބެންޏާމު ހަމަ ކުރިއަށްދާން،" ސާލިޔާ ބުންޏެވެ.

ގޮއިދޫން މި މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި، ހުކުރު ދުވަހުގެރޭ ޅައިގަމާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox