މިދިޔަ އަހަރު އެއްވެސް ކަމެއް ނުކުރެވުނީ ކުރީ ސަރުކާރުން ބަޖެޓު ހެދި ގޮތުން: ރައީސް

މިދިޔަ އަހަރު އެއްވެސް ކަމެއް ނުކުރެވުނީ ކުރީ ސަރުކާރުން ބަޖެޓު ހެދި ގޮތުން: ރައީސް

ނިމިދިޔަ އަހަރު އެއްވެސް ކަމެއް ނުވެ އޮތީ ކުރީ ސަރުކާރުން ބަޖެޓު ހެދި ގޮތުގެ ސަބަބުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ގދ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަހަރުގެ ބަޖެޓު ހަދާފައި އޮތީ ތަރައްގީއަށް އިސްކަން ދެއްވައިގެން ކަމަށެވެ. ތަރައްގީގައި އިސްކަންދޭ ތަރުތީބުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ހޯނޑެއްދޫގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ތަކުރާރު ކުރެއްވުމާއެކު އެމަނިކުފާނު ވިދާޅުވީ ވެވަޑައިގެންނެވި އެއްވެސް ވައުދެއް ހަނދުމަފުޅުނެތީ ނޫން ކަމަށާއި ޕްރޮޖެކްޓުތައް ހުއްޓިފައި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ބަޖެޓު ކަމަށެވެ.

"އަޅުގަނޑުމެން ފާސްކުރި ބަޖެޓެއް ނޫން ވީމަ... ކުރީ ސަރުކާރުން ނިމިގެން ދަމުން ގަސްތުގަ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބަޖެޓެއް ހައްދަވާފަ ދެއްވާފަ ވަޑައިގަތީ. އެހެންވީމަ އެއްވެސް ކަމެއް ނުވެ އޮތީ. ބޭނުންވާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަޖެޓުގެ ތާށިކަމާއެކު ވެސް މި ދިޔައަހަރު ނިންމާލީ ފައިސާ ޗާޕުނުކޮށް، ދައުލަތް ދަރަނިވެރިވިޔަ ވެސް ނުދެއްވައި ކަމަށެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. ކުރީ އަހަރުގެ ބަޖެޓުން އެތެރެއާއި ބޭރުގެ ދަރަނިތައް ވެސް ދައްކަމުން ގެންގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނިމިދިޔަ އަހަރަށް ދައުލަތުގެ ބަޖެޓް ގޮތުގައި ފާސް ކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން 5.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ފާސްކުރި އެވެ. އަހަރު ނިންމާލީ 15 ބިލިއަންގެ ޑެފިޒިޓަކާއެކު އެވެ. މިއަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދަކީ 56 ބިލިއަން ރުފިޔާ އެވެ. މިއަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 41.2 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox