ސަރުކާރުން ދޭން ޖެހޭ 500 މިލިއަން ރުފިޔާ ދިވެހި ކޮންޓްރެކްޓަރުންނަށް މި ހަފްތާ ތެރޭގައި ދޫކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ހަފްތާ ތެރޭގައި ސަރުކާރުން ދަރާފައި ހުރި ދިވެހި ކުންފުނިތަކަށް 500 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ހަފްތާ ތެރޭގައި ސަރުކާރުން ދަރާފައި ހުރި ދިވެހި ކުންފުނިތަކަށް 500 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދަރާފައި ހުރި ދިވެހި ކުންފުނިތަކަށް މި ހަފްތާ ތެރޭގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުގައި ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާލުވީ އެތެރޭގެ ދަރަނިތައް ދެއްކުމުގެ ގޮތުން މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް 500 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ.

"ލޯކަލް އެކި ދަރަނިތައް ވެސް ދައްކަމުން މިއައީ. މި ހަފްތާ، މި ހިނގާ ހަފްތާ ތެރޭގައި ވެސް ހަމަ މިގޮތުން ސަރުކާރުން ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް، ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހަމަ ދިވެހި އެކިއެކި ކުންފުނިތަކަށް އެބަ ދޫކުރަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެ ފައިސާ ދޫކުރާނީ ކުދި އަދި މެދު ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ ދަރަނި ދިޔައީ ދައްކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން، ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ރަށްރަށުގައި ހުންނަ ކުދި ކުންފުނިތައް ލައްވައި ކުރުވާފައި ހުރި މަސައްކަތުގެ ބޮޑު ބައެއް ރޯދަ މަހުގެ ކުރިން ދައްކައި ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޖެނުއަރީ އަދި ފެބްރުއަރީ މަސް ތެރޭގައި ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރްޑީސީ، އެމްޓީސީސީ، ވެމްކޯ މިހެން ކިޔާނެ ކަމެއް ނެތް، މިކަހަލަ ކުންފުނިތައް، އާދައިގެ ކުދި ކުދި ކުންފުނިތައް ލައްވައި، ރަށްރަށުގައި ހުންނަ ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެހެރީ އެ ކުންފުނިތައް މިސް މެނޭޖް ކޮށްފައި އޮތްލެއް ބޮޑުކަމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ފައިސާތައް ކުރީ ސަރުކާރުގައި ނުދެވި ހުރީ ސަރުކާރު ކުންފުނިތައް ހިންގަން ނޭގުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ވެސް ބޮޑު އިންސައްތައެއް މި ބަލަނީ މި ދެ މަސް ތެރޭގައި، ރޯދަ މަސް އަންނަންވާއިރަށް، ޖެނުއަރީ ފެބްރުއަރީ މަސް ތެރޭގައި ދީ ނިންމޭތޯ. އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތް މިކުރަނީ މި ވިސްނުމުގައި. ގައުމު ދަރަނިވެރިވިޔަ ނުދީ އެއްވެސް ވަރަކަށް ފައިސާ ޗާޕު ނުކޮށް، ފައިސާގެ އަގު ހިފަހައްޓައިގެން ރައްޔިތުންނަށް ދޭން ހުރި ފައިސާ ދެމުން ރާއްޖެއިން ބޭރަށް ދޭން ހުރި ފައިސާ ވެސް ދައްކަމުން، ތަރައްގީގެ ކަންކަން ގެނެސްދިނުމަށް."

މިދިޔަ ޑިސެމްބަރު 7، ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 124 ބިލިއަން ރުފިޔާގެ ދަރަންޏެއް ދައުލަތުގެ އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކޮށްފައި އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީގެ ސަރުކާރުތަކުގެ ދަރަނި ކަމަށެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 25.5 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 658 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox