ގޯލްޑަން ފުޓްސަލް ޗެލެންޖް: ކިނބިދޫ އަތުން ތިމަރަފުށްޓަށް އުނދަގޫ މޮޅެއް

Jan 7, 2025, 4:14 AM
ތިމަރަފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ތިމަރަފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2025 ގައި ރޭ ކުޅުނު ތ. އަތޮޅު ގްރޫޕް ސްޓޭޖުގެ މެޗުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށިން މީގެ ކުރިން އަތޮޅު ޗެމްޕިއަންކަން ހޯދި، ކިނބިދޫ އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ތ. އަތޮޅުގެ ގްރޫޕް އޭގައި ތިމަރަފުށްޓާ ދެކޮޅަށް ނުކުތްއިރު، ކިނބިދޫ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެެވެ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ މުބާރާތުގައި ކިނބިދޫގެ އިބްރާހިމް އިމްރާހު (އިންމި) އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ސަސްޕެންޝަންގައި ހުރިއިރު، މުހައްމަދު ސަހާއު (ބޭލް) އަނިޔާގެ ސަބަބުން ނުކުޅެ އެވެ.

ކައުންޓަ އެޓޭކުގައި ކިނބިދޫ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު މި މެޗުގައި، ތިމަރަފުށިން ލީޑުނެގީ، އަހުމަދު އަފްލާޒް ޖެހި ގޯލުންނެވެ. ތިމަރަފުށީގެ ގިނަ ހަމަލާތަކެއް ކިނބިދޫ ގޯލު ބެލެހެއްޓި، އަބްދުﷲ ފަޔާޒް (ފަޔާ) ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި، އަހުމަދު ހަމްދާން އަތުން ބައިކޮޅަށް ވަން ގޯލުން ތިމަރަފުށިން ލީޑުފުޅާކުރި އެވެ. ކިނބިދޫން ވަނީ އަލީ ފަލާހުގެ ގޯލުން އުންމީދެއް ހޯދައިފަ އެވެ. އަދި މެޗުގެ ފަހު ވަގުތު ތިމަރަފުށީގެ ކެޕްޓަން، އިބްރާހިމް ސިނާހު (ސިނާ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން، ކިނބިދޫން ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަަމަވެސް ތިމަރަފުށިން ލީޑުހިފެހައްޓައި މޮޅުވީ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ވިލުފުށިން ވަނީ 2-1 އިން އޮމަދޫ ބަލިކޮށްފަ އެވެ. މީގެ ކުރިން އަތޮޅު ފައިނަލުގައި ކުޅުނު އޮމަދޫގެ ލަނޑު ޖެހީ، މުހައްމަދު ނާބިތު ހުސެއިން އެވެ. ވިލުފުށީގެ ގޯލުތައް ޖެހީ، ސަލްމާން ސަދީފު އާއި ޒަކަރިއްޔާ ޒުހޫރު އިސްމާއިލް އެެވެ.

ތ. އަތޮޅުގެ ގްރޫޕް ބީގައި ވޭމަންޑޫ އަތުން ހިރިލަންދޫ ވަނީ ފަހު ވަގުުތު ލަނޑު ޖަހައި، 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ހިރިލަންދޫން ދެ ގޯލުގެ ލީޑެއް ނެގީ، މުހައްމަދު ޝަމްހާން ޖެހި ގޯލުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މުހައްމަދު ނިޝާހް ޖެހިއިރު، ވޭމަންޑޫން ވަނީ ދެ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ވޭމަންޑޫގެ ފުރަތަމަ ގޯލު އަބްދުﷲ ލަތީފް ޖެހިއިރު، އަނެއް ލަނޑަކީ ހިރިލަންދޫގެ ކީޕަރު، އަހުމަދު ހުޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެެވެ. ހިރިލަންދޫ މޮޅުކޮށްދިން ގޯލު ޖެހީ މުހައްމަދު ޝާން އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، ބުރުނިން ވަނީ 4-1 އިން ކަނޑޫދޫ ބަލިކޮށްފަ އެވެ. ބުރުނީގެ މުހައްމަދު ނާހިލް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، މުހައްމަދު ޝާމް އަދި ހުސެއިން މަމްދޫހު އަހުމަދު އެވެ. ކަނޑޫދޫގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަަދު ޒިދާން އީސާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ނިލަންދޫ - ބިލެތްދޫ

20:00: މަގޫދޫ - ފީއަލީ

21:00: މަތިވެރި - ތޮއްޑޫ

21:00: ހިމަންދޫ - އުކުޅަސް

22:00: ބޮޑުފޮޅުދޫ - ފެރިދޫ

22:00: ރަސްދޫ - މާޅޮސް

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox