ޕީއެންސީގެ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލައި, އަލުން ބަލައިދޭން އެމްޑީޕީން އެދިއްޖެ

އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު: ގިނަ ފޯމުތަކެއްގައި މައްސަލަ ހުރި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު: ގިނަ ފޯމުތަކެއްގައި މައްސަލަ ހުރި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ވަގު ފޯމުތަކެއް ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށް ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެ އެވެ.

ޕީއެންސީގެ ފޯމުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ހިމެނޭހެން އެ ޕާޓީގެ ޓީމެއް އިލެކްޝަންސް ކޮމިޝަނަށް ދިޔައީ މިއަދު މެންދުރުފަހު 1:00 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށް އިލެކްޝަނުގައި އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީގައި ބައިވެރިވި މި ޕާޓީގެ [އެމްޑީޕީގެ] ގައުމީ މަޖިލިސް މެންބަރުން މި އެދުނީ ޕީއެންސީން އެ ހުށަހަޅާފައި ހުރި ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލާފައި ހަމަ އަލުން އެ ހުރިހާ ފޯމެއް ވަކިވަކިން ބެއްލެވުމަށް، އިނގޭތޯ؟،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީތަކަށް މީހުން ވެއްދުމުގައި އަމަލު ކުރާ ގޮތެއްގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ގާނޫނާ ގަވާއިދުގެ ތެރެއިން ފިޔަވަޅު ވެސް އެޅެން އޮންނަ ކަމަށެވެ. އެހެންކަމުން ޕާޓީތަކަށް މީހުން ވެއްދުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު މެންބަރެއްގެ ނަމުގައި ވެސް ވަގު ފޯމުތަކެއް ޕީއެންސީން ފުރާފައިވާ ކަމަށާއި އެމްޑީޕީގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންތަކެއްގެ ނަމުގައި ވެސް ޕީއެންސީއަށް ވަގު ފޯމު ފުރާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ.

ޕާޓީތަކަށް މެންބަރުން އިތުރު ކުރަން ޖެހޭނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ޕާޓީގެ ސިޔާސަތުތައް ވިއްކައިގެން ތާއީދު ހޯދައިގެން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ސަރުކާރުގެ، ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެވިގެން ނުވާނެ، މެންބަރުޝިޕް ޑްރައިވް ޖައްސައި ޕާޓީއަށް މެންބަރުން އިތުރު ކުރަންވާނީ ޕާޓީގެ ސިޔާސަތުތައް ވިއްކައިގެން، ޕާޓީއަށް ތާއީދު ހޯދަން މަސައްކަތް ކޮށްގެން، އެއްވެސް ކަމެއް ނުކޮށް ތިބެ ސަރުކާރުގެ އޮފީސްތަކުގައި ތިބެގެން، ހޭލާ ތިބެގެން މިހެން ވަގު ފޯމު އެކި މީހުންގެ ނަމުގައި ފުރައިގެން އެކަން ކުރެވިގެން ނުވާނެ،" އަނަސް ވިދާޅުވި އެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މެންބަރުންތަކެއް ވައްދާފައިވާ ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީން ކަންބޮޑުވުން ފާޅު ކޮށްފައި މިވަނީ އެފަދަ މައްސަލަތަކެއް އިލެކްޝަނުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން "އަދަދު" ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ބުނީ މީސްމީހުންގެ ނަމުގައި ޕީއެންސީން ވަގު ފޯމު ފުރާފައިވާ ކަމަށް ބުނެ ބައެއް އަމިއްލަ މީހުން އިލެކްޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން އަދި އިލެކްޝަނުން ވަކި ގޮތެއް ނުނިންމަ އެވެ.

މީހުންގެ އައިޑީކާޑުގެ މައުލޫމާތު ހޯދައި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކަންބޮޑުވުން ފާޅުކުރާ ބައެއް މީހުން ގެންދަނީ އެމީހުންގެ ނަން މަތީގައި ފުރާފައި ހުރި ފޯމުތަކުގެ ސޮފްޓު ކޮޕީ ވެސް ސޯޝަލް މީޑިއާއަށް އަޕްލޯޑު ކުރަމުންނެވެ. އޭގެތެރޭގައި ކުރިން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޕީއެންސީން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޕީއެންސީން މަސައްކަތް ކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ ދަފުތަރަށް 100،000 މެންބަރުން ހަމަ ކުރުމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާތަކުގެ މުވައްޒަފުން ޓީމު ހަދައިގެން ވެސް އުޅުނެވެ. ނަމަވެސް އަހަރު ނިމުނުއިރު، އެ ޕާޓީއަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވުނުކަން ރަސްމީ އެއްވެސް ލިޔެކިޔުމަކުން ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox