ގޯލްޑަން ފުޓްސަލް ޗެލެންޖް: އަތޮޅު ޗެމްޕިއަން ނައިވާދޫ އާއި ދިއްދޫން ފެށީ ރަނގަޅު މޮޅަކުން

Jan 6, 2025, 4:05 AM
ނައިވާދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނައިވާދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2025 ގައި ރޭ ކުޅުނު މެޗުތަކުން، ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫ އާއި ހއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިއްދޫ އިން ރަނގަޅު މޮޅަކުން މި ފަހަރުގެ މުބާރާތް ފަށައިފި އެވެ.

އެ ގޮތުން، ހދ. އަތޮޅުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން ވައިކަރަދޫ އަތުން ނައިވާދޫ މޮޅުވީ 4-0 އިންނެވެ. އެ ޓީމުގެ އަބްދުﷲ ވިޝާމް ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ އިސްމާއިލް ވަހީދު އެވެ. ހއ. އަތޮޅުގެ ގްރޫޕް ބީގައި މުރައިދޫ އަތުން ދިއްދޫ 2-0 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ ހުސެއިން ސިފާހު އާއި އަހުޒަމް ރަޝީދު އެވެ.

ހދ. އަތޮޅުގެ ގްރޫޕް ބީގައި ރޭ ނެއްލައިދޫ އަތުން ކުމުންދޫ މޮޅުވީ 4-3 އިންނެވެ. މެޗުގައި ކުމުންދޫގެ ގޯލުތައް ޖެހީ މުޝްރިފު މުހައްމަދު ދެ ގޯލާއި ފަހުމާން އަބްދުލް ހަމީދު އާއި އަހުމަދު ޝަރީފް ގޯލެވެ. ނެއްލައިދޫގެ ލަނޑުތައް ޖެހީ އަލީ ހަސަން، މުހައްމަދު ފާރިސް އަދި މުހައްމަދު ސާވިން އެވެ. ހއ. އަތޮޅުގެ ގްރޫޕް ބީގައި ވަށަފަރާއި އުތީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އުތީމުގެ ދެ ގޯލު ވެސް ޖެހީ އަހުމަދު އައިހަމް އެވެ. އަދި ވަށަފަރުގެ ލަނޑުތައް ޖެހީ އިބްރާހިމް އަތީގް ހަސަން އާއި އިބްރާހިމް ސަނޫން އެެވެ.

ދިއްދޫ ޓީމުން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،---- ފޮޓޯ: އިމޭޖަސް،އެމްވީ

ހއ. ގްރޫޕް އޭގައި ރޭ ބާރަށުން ވަނީ 4-2 އިން ހޯރަފުށި ބަލިކޮށްފަ އެވެ. މި މެޗުގައި ބާރަށުގެ މުހައްމަދު މާއިޒް ޔޫސުފް ދެ ގޯލު ޖެހިއިރު، ހަސަން ސޮލާހު (ހައްޓެ) އަދި އަހުމަދު ޝަޒީމް ވަނީ ގޯލު ޖަހައިފަ އެެވެ. ހޯރަފުށީގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު ރައްޔާން ބިން އަބްދުﷲ އާމިރު އެވެ. މި ގްރޫޕްގެ އަނެއް މެޗުން ކެލާ އިން ވަނީ 2-0 އިން މާރަންދޫ ބަލިކޮށްފަ އެވެ. ލަނޑުތައް ޖެހީ، އަހުމަދު ވަހީދު އާއި ގާސިމް އަތޫފް އެވެ.

ހދ. އަތޮޅުގެ ގްރޫޕް އޭގައި ރޭ މަކުނުދޫން ވަނީ 3-2 އިން ނޮޅިވަރަންފަރު ބަލިކޮށްފަ އެެވެ. މަކުނުދޫގެ ގޯލުތައް ޖެހީ ނުހާދު ފައުޒީ ހެޓްރިކެކެެވެ. ނޮޅިވަރަންފަރުގެ ގޯލުތައް ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އަކުރަމް އަބްދުލް ރަޝީދު އެވެ. މި ގްރޫޕުގެ އަނެއް މެޗުން، ހަނިމާދޫ އަތުން ނޭކުރެންދޫ މޮޅުވީ 1-0 އިންނެވެ. މި މެޗުގެ ނޭކުރެންދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ވިލްފް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅޭނެ މެޗުތައް:

20:00: ށ. މަރޮށި - ށ. ކަނޑިތީމު

20:00: ށ. ފޭދޫ - ށ. މިލަންދޫ

21:00: ށ. ގޮއިދޫ - ށ. ބިލެއްފަހި

21:00: ށ. ނަރުދޫ - ށ. ޅައިމަގު

22:00: ތ. ވިލުފުށި - ތ. އޮމަދޫ

22:00: ތ. ކިނބިދޫ - ތ. ތިމަރަފުށި

23:00: ތ. ހިރިލަންދޫ - ތ. ވޭމަންޑޫ

23:00: ތ. ބުރުނި - ތ. ކަނޑޫދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox