ރަސްމާލެ ހިއްކުމުގެ ދުވެލި ހަލުވި ކުރަން އިތުރު ޑްރެޖަރު ގެންނަނީ

ރަސްމާލޭގައި ހިއްކި ބިމުގައި ހަރުކޮށްފައި ހުރި ބޯޑު: ރަސްމާލެ ހިއްކުމުގެ ދުވެލި ހަލުވި ކުރަން އިތުރު ޑްރެޖަރު ގެންނަނީ

ރަސްމާލޭގައި ހިއްކި ބިމުގައި ހަރުކޮށްފައި ހުރި ބޯޑު: ރަސްމާލެ ހިއްކުމުގެ ދުވެލި ހަލުވި ކުރަން އިތުރު ޑްރެޖަރު ގެންނަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަން ހިއްކާ ރަސްމާލެ މަޝްރޫއު ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ގުޅިއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މޮބިލައިޒް ކުރުމަށްފަހު އެއްފަހަރާ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން އެއްފަހަރާ ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ސަބަބުން މުޅި މަޝްރޫއުގެ ސްޕީޑު ދެތިން ގުނަ އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ. އިރާދަކުރެއްވިއްޔާ އަދި އިތުރު ބައެއް ފަރާތްތަކުން، އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން އެތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތަކެއް އެތާ ފެށުމަށް މަސައްކަތް މިކުރަނީ. އެހެންވީމަ ސްޕީޑު ދެގުނަ އަދި ތިންގުނައަށް ބާރުވާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭނުންވި ސްޕީޑުގައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ބައިވަރު މައްސަލަތައް ދިމާވެގެންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ހުރިހާ ދަތިތަކުން އަރައިގަނެ މިހާރު އެ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގައި އަޅުގަނޑުމެން ބޭނުންވި ސްޕީޑުގައި އެކަމެއް ނުއެއްދޭ. ބައިވަރު މައްސަލަތައް. އަޅުގަނޑުމެންނާ ވާރުތަވި އިގްތިސޯދުގެ ތެރެއިން ހައްލު ކުރަން ޖެހިފައި ހުރި ބައިވަރު ކަންތައްތައް ހައްލު ކުރުމުގެ ތެރެއިން ކުރިމަތިވި ދަތިތައް ހަމަ ކުރިމަތިވީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އޭގެ ތެރެއިން އަޅުގަނޑުމެން ކުރިއަރައިގެން އައިސް މިހާރު މަސައްކަތްތައް ފެށިގެންދާ ހިސާބަށް މިއޮތީ އައިސްފައި،" ރައީސް ވިދާޅުވި އެވެ.

އރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް އަންނާނެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުއިން އެއް ފަސްގަނޑެއްގައި ގިނަ ބަޔަކު އާބާދު ވެގެންދާނެ ކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޫކުރާ ގޮތަށެވެ. އޭރު ބުނީ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ އެވެ.

ނަމަވެސް މިކަން މިގޮތަށް ކުރިއަށް ނުގޮސްގެން ސީއެމްސީއާ އެކީ ހެދި އެއްބަސްވުން ބާތިލުކޮށް، އެ ކުންފުނިން ހިއްކި ތަންކޮޅަށް ވަނީ 77 މިލިއަން ރުފިޔާ ދީފަ އެވެ. މިހާރު މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީން ލޯނު ނަގާ ގޮތަށެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox