ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަނު ކޮށްފި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ފައްޔާޒު އައްޔަނު ކޮށްފައިވާކަން އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ ހާމަކޮށްފަ އެވެ.
މިއީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މި ވެރިކަމުގައި ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ. އެ މަގާމު އެންމެ ފަހުން ފުރުއްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އަހުމަދު ގައިސް އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު މިކުރީ، އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި ބައެއް ބޭފުޅުންނަށް ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވެ، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު އިސްތިއުފާ އިސްތިއުފާ ދިނުމުން އެ މަގާމަށް މައުރޫފު ޖަމީލު އައްޔަނު ކޮށްފައި ވަނިކޮށެވެ.













