ރަނގަޅަށް ތައްޔާރުވެގެން އޭދަފުށި ފެންނާނީ ތަފާތުކޮށް

Jan 5, 2025, 10:56 AM
ރޭގެ ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން ސައްޓު (މ).--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން ސައްޓު (މ).--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި ބ. އޭދަފުށީގެ ފަރާތުން ފެނުނީ މަދު ޕްރެކްޓިސްތަކަކަށް ފަހު ދެއްކުނު ކުޅުން ކަމަށާއި ރަނގަޅަށް ތައްޔާރުވެގެން މުބާރާތުގައި ޓީމު ފެންނާނީ ތަފާތުކޮށް ކަމަށް އޭދަފުށީ ޓީމުގެ ތަރި، އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

ލ. ގަން އަތުން މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އޭދަފުށިން ވަނީ 4-2 އިން މޮޅުވެފަ އެވެ. އެކަމަކު، މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި، އޭދަފުށި ވަނީ ގަން އަތުން 1-0 އިން ބަލިވެފަ އެވެ.

ރޭގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގް އޮފް ފުޓްސަލް ހޯދި ސައްޓު ބުނެފައިވަނީ، ޝީލްޑް މެޗުން މޮޅުވާން އޭދަފުށްޓަށް ފުރުސަތު ލިބި ބޭނުންނުހިފުމުން ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.

"ޖުމްލަކޮށް ރަނގަޅު އަޅުގަނޑުމެންނަށް ޗާންސް ލިބިފައި، ޗާންސްގެ ބޭނުންނުހިފުނީ، އަނެއްހެން މާ ބައިވަރު ޕްރެކްޓިސްތަކެއް ވެސް ނުކޮށް، އެންމެ ދެ ޕްރެކްޓިސް ޖަހާލާފައި ގޯލްޑް ކަޕް ނިންމި ގޮތަށް ވަގުތެއް ނުލިބުނު، ކޯޗު ވެސް ރާއްޖެ އައީ އިއްޔެ ނޫން ކުރިން ދުވަހު (ބުރާސްފަތި ދުވަހު) ދެން، ދެ ޕްރެކްޓިސް ޖަހާފައި މި މެޗަށް އައީމަ ކުރި ހިތްވަރާ މެދު ހިތްހަމަޖެހޭ. ރަނގަޅަށް ކުޅެ، ސްކޯ ނުކުރެވިގެން ބަލިވެގެން ދިޔައީ،" މެޗު ދިޔަ ގޮތަށް އިޝާރާތްކޮށް ސައްޓު ބުންޏެވެ.

ގިނަ އަހަރުތަކެއްގެ މަސައްކަތަށް ފަހު، އޭދަފުށިން މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ ބ. އަތޮޅުގެ ފުޓްސަލް މުބާރާތުގެ އިތުރުން، އަތޮޅުތަކަށް ބޭއްވި ފުޓްބޯޅަ މުބާރާތް ގޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، މިދިޔަ އަހަރު ފެނުނީ ފުޓްބޯޅަ އާއި ފުޓްސަލްގައި އޭދަފުށީގެ ރަން އަހަރެއްގެ ގޮތުގަ އެވެ.

"އަަސްލު މީގެ ތަށްޓެއް ހޯދުމަށް ވުރެ ތަށި ދިފާއުކުރުން ކަންނޭނގެ މީގެ އެންމެ އުނދަގޫ ކަމަކީ އަބަދުވެސް އަޅުގަނޑުމެން ޓީމު ރަނގަޅަށް އެކުލަވާލައި، މާދަމައިން ފެށިގެން ޕްރެކްޓިސް ފަށާނެ. ސީދާ ކޯޗާ އެކީގައި، މި މެޗަށް އައީ މާ ބައިވަރު ޕްރެކްޓިސްތަކެއް ކޮށްފައެއް ނޫން. މުބާރާުތުގެ ފުރަތަމަ މެޗު އަޅުގަނޑުމެންނަށް މީނީ 17 ގައި، އެ މެޗަށް އަންނައިރު، 15 ވަރަކަށް ޕްރެކްޓިސް ޖަހާލެވޭއިރު، ޓީމު އިންނާނީ ރަނގަޅަށް ކަމަށް މި ބަލަނީ،" މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖާ މެދު ކުރެވޭ އުންމީދުތަކާ ބެހޭގޮތުން، ސައްޓު ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގައި އޭދަފުށިން މި މަހު 17 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތުޅާދޫއާ އެވެ. މި އަތޮޅުން ދެން ބައިވެރިވީ ފެހެންދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox