ކާމިޔާބީތައް ދަމަހައްޓަން އޭދަފުށްޓަށް ގޮންޖެހުން ބޮޑުވާނެ

Jan 5, 2025, 10:33 AM
އޭދަފުށީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ).-- ފޮޓޯ: އިމޭޖަސް.އެމްވީ

އޭދަފުށީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ).-- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރަކީ ފުޓްސަލް އާއި ފުޓްބޯޅައިގައި، ބ. އޭދަފުށްޓަށް ކާމިޔާބު އަހަރެއް ކަމަށާއި އެކަން ދަމަހައްޓަން މި އަހަރުގެ މުބާރާތްތަކުގައި ގޮންޖެހުން ބޮޑުވާއިރު އެ އަށް ތައްޔާރުވާން ޖެހޭނެ ކަމަށް އޭދަފުށީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

އޭދަފުށިން މިދިޔަ އަހަރު ވަނީ ފުޓްސަލްގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއި ބެޓާ އިން ބާ ފުޓްސަލް މުބާރާތުގެ ތަށި ހޯދުމުގެ އިތުރުން، އަތޮޅުތަކުގެ ޓީމުތަކަށް ބޭއްވި، ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި ރޭ އޭދަފުށިން ލ. ގަމާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. މިއާ އެކު، މި ފަހަރުގެ މުބާރާތުގައި އަދި ޖުމްލަކޮށް، މިދިޔަ އަހަރު އޭދަފުށިން މި ހޯދި ކާމިޔާބީތަކުގެ ސަބަބުން އަންނަ ޕްރެޝަރު ބޮޑުވާނެތޯ، އަބޯއާ ވަނީ ސުވާލު އަމާޒުވެފަ އެވެ.

"ފުރަތަމަ ހަވާލުވެފައި ވެސް ބުނެލިން މިދިޔަ އަހަރު ތި މީހުން ތި ނެގި ތަށިތަކާ އެކު ތި މީހުންނަށް މި އަހަރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ބޮޑެތި ކަންތައްތަކާ އަންނާނެއޭ. އެހެންވީމަ އެ އެއްޗެއްސަށް ވެސް ޓެކަލްކޮށްގެން މި އަހަރު ނުކުންނަން ޖެހޭނީ. ކޯޗަށް ހީވަނީ ގޯހެއް ނޫން މި މެޗު ވެސް ދިޔަ ގޮތް، އަހަރެމެންނަށް ވެސް ޗާންސް ލިބުނު އެ މީހުންނަށް އެ ލިބުނު ޗާންސް ނިންމާލީ،" ރޭގެ މެޗަށް ފަހު، އަބޯ ބުންޏެވެ.

އަބޯ ބުނީ، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ މެޗަށް އޭދަފުށްޓަށް އެންމެ ރަނގަޅަށް ތައްޔާރުނުވެވުނީ، ގޯލްޑް ކަޕް ނިމުނު ފަހުން، ޗެރިޓީ މެޗާ ދެމެދު ދިޔަ މުއްދަތު ކުޑަވުމުގެ އިތުރުން، އޭނާ އަށް ވެސް ރަށުންބޭރުގައި ހުންނަން ޖެހުން ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އަައިސް، ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނީ އެންމެ ދެ ޕްރެކްޓިސް ކޮށްފައި ކަމަށާއި އެ ހުރިހާ ކަމަކަށް ބަލާއިރު، ރޭ ގަމާ ދެކޮޅަށް ދެއްކުނީ އެވްރެޖް ކުޅުމެއް ކަމަށެވެ.

އޭދަފުށީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) މިދިޔަ އަހަރު ހުއްޓުމެއް ނެތި ގިނަ މުބާރާތްތަކެއް ކުޅެފައިވާތީ، އެ ދެ ކުޅުންތެރިންގެ ވަރުބަލިކަން ކޮންމެ ވެސް ވަރަކަށް ހުންނާނެކަން ގަބޫލުކުރާ ކަމަށް އަބޯ ވަނީ ބުުނެފަ އެވެ. އެކަމަކު، އެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ އެ ކަންކަން ނުދައްކައި، ވީ އެންމެ ރަނގަޅަށް ކުޅެން ކަމަށް ވެސް އަބޯ ފާހަގަކުރި އެވެ.

"ފާހަގަނުކުރި ކަމުގައި ވިޔަސް، ސައްޓު އާއި ފާއްޓޭގެ ވަރުބަލިކަން އެބަހުރި. އެ ތަން ނުދައްކާ އެ ކުޅެނީ، ފުޓްސަލް ކުޅެފައި ބޮޑު ފުޓްބޯޅައިގައި މަސް ދުވަސް އުޅުނީމަ މި ޓަޗް އަންނަން އުނދަގޫވާނެ. އެ އެއް ދެން ތިބި ކުޅުންތެރިންނަށް ނުދައްކާ އެ މަސައްކަތް ކުރީ ރަނގަޅަށް ކުޅެން. އިރާދަކުރެއްވިއްޔާ ރަނގަޅު ޕްރެކްޓިސްތަކަކާ އެކު ވަރަށް ރަނގަޅުވާނެ ހަމަ. މިހާރު މި ވިސްނަނީ އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ނެގުމަށް ރަނގަޅު ފައިޓެއް ދެވޭނެ،" އަބޯ ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން ނެތް ވަގުތަކާ ގޯލްޑަން ފުޓްސަލް ޗެލެންޖް ދިމާވުމުން، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން އޭދަފުށީ ޓީމުގައި ހިމެނި ތަފާތު ދެއްކި އެވެ. ހާއްސަކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ހިމެނޭ އޭދަފުށީގެ ހައިޝަމް ހަސަން (ބިޑި)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އެވެ. މި އަހަރު، އެ ކުޅުންތެރިން ނުލައި ކުޅެން ޖެހޭއިރު، އޭދަފުށީ ޓީމަށް ބަދަލުތަކެއް އަންނާނެ އެވެ.

"މާޒިޔާ ކުޅުންތެރިންތަކަށް ނުކުޅެވޭތީ އެތަނަށް ޖެހޭނެ އިތުރަށް ކުޅުންތެރިން ނަގަން، އެ ތަންތަނަށް އެކޮޅުގައި އޮތް އަތޮޅު މުބާރާތުގެ ތެރެއިން ނަގާފައި ހުރި ކުޅުންތެރިން މި ތިބީ، އަދިވެސް ފެންނާނެ ތިނެއް ނޫނީ ހަތަރު އިތުރު ކުޅުންތެރިން އާ ކުޅުންތެރިންނާ އެކު ރަނގަޅުވާނެ،" އަބޯ ބުންޏެވެ.

އޭދަފުށިން މި މަހު 17 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތުޅާދޫއާ އެވެ. މި އަތޮޅުން ދެން ބައިވެރިވީ ފެހެންދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox