ގޯލްޑަން އިން ހަގީގަތުގައި މި ފެންނަނީ ފުޓްސަލް އަށް އޮންނަ ފޯރި

Jan 5, 2025, 7:24 AM
ގޯލްޑަން އިން ހަގީގަތުގައި މި ފެންނަނީ ފުޓްސަލް އަށް އޮންނަ ފޯރި

ގޯލްޑަން ފުޓްސަލް ޗެލެންޖުން ފެންނަނީ ހަގީގަތުގައި ރާއްޖޭގެ ފުޓްސަލް އަށް އޮންނަ ފޯރި ކަމަށާއި ރަށްރަށުން މުބާރާތަށް ތައްޔާރުވާ މިންވަރުން އެކަން އެނގޭ ކަމަށް ގަމު ޓީމުގެ ތަރި، އަބްދުﷲ ޖުނައިދު (ޖެންނޭ) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން، ކުޅޭ ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުގައި ރޭ ގަމުން ވަނީ 1-0 އިން ބ. އޭދަފުށި ބަލިކޮށްފަ އެވެ. ގަމުން މި ވަނީ ޖެހިޖެހިގެން ދެ ވަނަ އަހަރު ޝީލްޑް ކާމިޔާބުކޮށްފަ އެވެ. މިދިިޔަ އަހަރު ޝީލްޑް މެޗުގައި، ތ. ތިމަރަފުށި އަތުން މޮޅުވީ 3-2 އިންނެވެ.

ރޭގެ މެޗުގައި އޭދަފުށި އަތުން ގަން މޮޅުވިއިރު މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ޖެންނޭ އެވެ.

"އެއް މަސް ވެސް ނުލިބޭ ހަމަ އެންމެން އެއްކޮށް ތިބެގެން ޕްރެކްޓިސް ކޮށްލަން. ގާތްގަނޑަކަށް ތިން ހަފްތާ ވަރު ލިބުނީ، ދެން ރެޑީ ވެވުނު ވަރާ ބަލާފައި ރަނގަޅު އަސްލު،" ރޭގެ މެޗަށް ފަހު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެންނޭ ބުންޏެވެ.

ރޭ ކުޅުނު މެޗަށް ނުކުތްއިރު، ގަން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) ހުރީ އަނިޔާގަ އެވެ. ޖެންނޭ ބުނީ، އެ ވަގުތު ކުޅެން ޓީމުގައި "ނެތް ޕްލޭޔަރެއް ކައުންޓެއް ނުކުރެވޭނެ" ކަމަށާއި ޓީމުގައި ތިބި އެންމެ ޒުވާން ކުޅުންތެރިންނާ އެކު އައީ ތައްޔާރުވެގެން ކަމަށެެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އޭދަފުށި އަތުން ގަން 4-2 އިން ބަލިވެ، ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލުނުއިރު، މި ފަަހަރުގެ ގޯލްޑަން ފަށަން އޭދަފުށި އަތުން މޮޅެއް ލިބުމަކީ ރަނގަޅެއްގެ ގޮތުގައި ޖެންނޭ ދެކެ އެެވެ.

"ކުޅިވަރުގައި ދާނެ އެ ކަހަލަ ދުވަސް ވެސް (މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ކަހަލަ ދުވަސް). ހަމަ އަދި ވެސް ގަބޫލުނުކުރެވޭ އެއްޗެއް އެ ބައްޔަކީ. އެ ކަންތައްތައް ރަނގަޅުކޮށްގެން އިރާދަކުރެއްވިއްޔާ މި އަހަރު ޓީމު ނުކުންނާނީ ފުރަތަމަ ފެށުން ވެސް މިދިޔައީ ބޭނުންވި ގޮތަށް،" ޖެންނޭ ބުންޏެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވެސް 129 ޓީމެއް ވާދަކުރާއިރު، ޓީމުތަކުން އަންނަނީ މުބާރާތަށް ވަރަށް ރަނގަޅަށް ދުރާލާ ތައްޔާރުވެ، ރަށު ކައުންސިލާއި ސްޕޮންސަރުންތަކެއްގެ އެހީގައި ބޮޑު ހަރަދުތަކެއް ކުރަމުންނެވެ.

"އަސްލު މި އަށް އޮންނަ ފޯރި މި ފެނިގެންދަނީ، އެކި ރަށްރަށުން ވެސް ދުރާލާ ތައްޔާރުވެގެން މާލެ އަައިސް ޕްރެކްޓިސްތަކެއް ކޮށް ރެޑީ މި ވަނީ، އެންމެން ޓާގެޓްތަކެއް ބޭނުންވެގެން، ކުޅުންތެރިންތަކެއް އުފައްދައިގެން އަންނަތަން މި ފެންނަނީ،" ޖެންނޭ ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތް މިރޭ ފެށިގެންދާނީ ހއ. އާއި ހދގެ މެޗުތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox