މެޗު ދިޔައީ ޕްލޭނާ އެއްގޮތަށް، ގަން މި އަހަރު ވެސް ވަރުގަދަވާނެ

Jan 5, 2025, 7:05 AM
މެޗު ދިޔައީ ޕްލޭނާ އެއްގޮތަށް، ގަން މި އަހަރު ވެސް ވަރުގަދަވާނެ

ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި، ރޭ ބ. އޭދަފުށި އަތުން 1-0 އިން މޮޅުވެ، ލ. ގަމުން ޝީލްޑް ދިފާއުކުރި މެޗުގައި ކަންކަން ދިޔައީ ގާތްގަނޑަކަށް ބޭނުންވި ގޮތަށް ޕްލޭނާ ވެސް އެއްގޮތަށް ކަމަށާއި އަނިޔާގެ މައްސަލަތަކެއް ދިމާވި ނަމަވެސް ގަން މި އަހަރު ވެސް ވަރުގަދަވާނެ ކަމަށް ގަން ފުޓްސަލް ޓީމުގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.

ކުރު މުއްދަތެއްގެ ޕްރެކްޓިހަަށް ފަހު ގަމާއި އޭދަފުށި ރޭ ކުޅުނު މެޗު ދިޔައީ ދާދި ހަމަހަމަކޮށެވެ. މެޗުގެ ފަރަގަކަށްވީ ގަމު ޓީމުގެ ތަރި، އަބްދުﷲ ޖުނައިދު (ޖެންނޭ) ޖެހި ގޯލެވެ.

"ލިބުނު ދުވަސްކޮޅާ ބަލާފައި ފުދޭ ވަރަކަށް ޕްރެޕެއާ (ތައްޔާރު) ވެލިން، ދެން ހަމަ މި މެޗަށް ފޯކަސް ކޮށްގެން ރެޑީވެލައިގެން އައީ. އެކަމަކު، ވެސް އޭދަފުށްޓާ ކުޅެންވީމަ ހަމަ އިންނާނެތާ ޕްރެޝަރެއް ކޮންމެހެނެއް ވިޔަސް އެ ކަހަލަ ޕްރެޝަރު ބައެއް ވަގުތުތައް އައި. ޖުމްލަކޮށް މެޗު ހަމަ ހިތްހަމަޖެހޭ،" ރޭގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އިއްސެ ބުންޏެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު، ގަން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) ހުރީ އަނިޔާގަ އެވެ. އަނެއްކޮޅުން މިދިޔަ އަހަރު އޭދަފުށްޓަށް ފައިނަލުގައި 4-2 އިން ގަން ބަލިކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދައިދިން ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)، ހައިޝަމް ހަސަން (ބިޑި) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރިލީސް ދޭން އެއްބަސްނުވުމުން ނުކުޅެ އެވެ.

އިއްސެ ބުނީ ދެ ޓީމުން ވެސް މުހިންމު ކުޅުންތެރިންތަކެއް ނެތި ކުޅެން ޖެހުނުއިރު އޭގެ ބޮޑު ގެއްލުން ކުރިމަތިވީ އޭދަފުށްޓަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މާ ކުރިން ވެސް އިނގޭ މިއަދު ޓީމުގައި ނުހިމެނެނީ ކޮން ޕްލޭޔަރުންނެއްކަން، އެކަމަކު އޭދަފުށްޓަށް އަޅުގަނޑަށް ހީވަނީ އެ ކަންތައް އެ އައީ ތަންކޮޅެއް ފަހު ވަގުތު ހެން. އަޅުގަނޑަށް ލަފާކުރަނީ އޭދަފުށްޓަށް އޭގެ އަސަރު ކުރި ކަމަށް. އަޅުގަނޑުމެންގެ އައީ ރެޑީވެގެން ހަމަ މުޅި ބްރެޒިލްގެ ހުރިހާ ކުޅުންތެރިންނާ އެކު ކުޅެ ތަށި ނަގާލަން ވެގެން އައީ، އެ ފުރުސަތު ކަންދިމާކުރި ގޮތުން ނުލިބުނީ. އެހެންވީމަ އަޅުގަނޑުމެން ރާވައިގެން ދިޔަ ގޮތަށް މެޗު އިރާދަކުރެއްވިއްޔާ ވިން ކޮށްލެވިފައި މީނީ،" އިއްސެ ބުންޏެވެ.

ގަން ޓީމު މިދިޔަ އަހަަރެކޭ އެއްގޮތަށް ޓާގެޓްތަކަކާ އެކު ނުކުތްއިރު، އިއްސެ ބުނީ، ޓީމު ވެސް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މި ފަހަރު ޑިފެންޑިން ޗެމްޕިއަން ގޮތުގައި އެ ޓެގް ނެއްޓިފައި އޭނީ. އެހެންވީމަ ގަން ވީމަ އެ އިންނަ ތަންކޮޅު އިންނާނީ، އެކަމަކު، އަޅުގަނޑުމެން ޓީމަކަށް އެހާ ޕްރެޝަރެއް ނާންނާނެ. ޖުމްލަކޮށް މި އޮތް ސްކޮޑަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރަނީ. މިދިޔަ އަހަރަށް ވުރެ ގަން ޓީމު ވަރުގަދަވާނެ،" އިއްސެ ބުންޏެވެ.

ގަން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ތިން ފަހަރު ކުޅެ، އެއް ފަހަރު ތަށި ޙޯދައިފަ އެވެ. އަދި ޝީލްޑް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ގޯލްޑަންގައި ގަމުގެ ހުރިހާ ކާމިޔާބެއްގައި ކޯޗު އިއްސެގެ ދައުރު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox