އިންޑިއާ އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ހިންގާނީ ހަ މިލިއަން ޑޮލަރުގެ މަޝްރޫއު

ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ރައީސް އޮފީހުގައި -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ރައީސް އޮފީހުގައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ސޮއި ކުރި އެމްއޯޔޫގެ ދަށުން ހިންގަން ނިންމާފައި ވަނީ ހަ މިލިއަން ޑޮލަރުގެ އަގުހުރި ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮގުރާމު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވިއޯން ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން އިހުނަށް ވުރެ މިހާރު ރަނގަޅުވަމުންދާ ކަމަށެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދެ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދުގައި އެކުލަވައިލި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުން މިސާލު ނެންގެވުމަށްފަހު ހަލީލް ވިދާޅުވީ އޭނާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވެސް އިންޑިއާއިން ރާއްޖެއަސް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.

Advertisement

"[މި ދަތުރުގެ ތެރެއިން ވެސް] 100 މިލިއަން ރުފިޔާ، އެއީ ގާތްގަނޑަކަށް ހަ މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮގުރާމު ރާއްޖެއަށް ގްރާންޓު ކޮށްދީފި، އަދި އަޅުގަނޑުގެ މި ދަތުރުގެ ތެރެއިން މިހާރު އެކަމާ ގުޅުންހުރި އެމްއޯޔޫގައި ވެސް ސޮއިކޮށްފިން،" ހަލީލް ވިދާޅުވި އެވެ.

އެ އެހީގެ ދަށުން ހިންގޭ ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮގުރާމުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތައް ވާނެކަން ފާހަގަކުރައްވައި ހަލީލް ވަނީ އެ ފައިސާއިން ރާއްޖޭގެ ކައުންސިލްތަކަށް ބޭނުންވާ އިމާރާތްތައް އެޅުމާއި ދަތުރުފަތުރަށް ބޭނުންވާ ބައެއް މަޝްރޫއުތައް ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މި ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮގުރާމުތަކުގެ ތެރެއިން އެ އޮފީސްތައް [ރަށްރަށުގެ ކައުންސިލަށް ބޭނުންވާ އޮފީސް އިމާރާތް] ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން މުޖުތަމައުއާ ގުޅިފައި ހުރި ބައެއް ހިދުމަތްތައް ދޭން ފެށުން ހިމެނޭނެ، އޭގެތެރޭގައި ޕާކުތަކާއި އެކި އުމުރުފުރާތަކަށް ބޭނުންވާ ޖާގަތައް ތަރައްގީ ކުރުމާއި ސިއްހީ ބައެއް ޕްރޮޖެކްޓުތައް ހިންގުން ހިމެނޭ،" ހަލީލް ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ އެއް އަތޮޅެއްގައި ހިމެނޭ ރަށްތައް ދަތުރުފަތުރުން ގުޅުވައިލުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތާއި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަތުގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ކުރެވިގެންދާނެ،"

އޭނާ ވިދާޅުވީ އެކަންކަމުގެ ސަބަބުން ދިވެހީންގެ އާންމު ދިރިއުޅުމަށް ލުއިފަސޭހަތަކެއް ލިބި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާ ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ އިމާރާތްތައް އަޅުއްވާނެ ކަމަށް ހަލީލް ވިދާޅުވިއިރު، ރާއްޖޭގެ 100 ރަށެއްގައި ކައުންސިލަށް ބޭނުންވާ އިމާރާތް އެޅުމަކީ ރައީސްގެ ވައުދެކެވެ. ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ހިންގާނީ ދެ މަޝްރޫއުއެއް ކަމަށެވެ.

އޭގެތެރެއިން އެއް މަޝްރޫއުއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމެވެ. އަނެއް 50 ރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ރައީސް ނިންމަވާފައި އޮތީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

ނަމަވެސް އިންޑިއާގެ އެހީގައި ކައުންސިލް އިމާރާތްތަކެއް އަޅާ ގޮތަށް މިހާރު ހަމަޖެހުމުން އެ ނިންމުމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ރަސްމީ ދަތުރެއްގައި ހަލީލް އިންޑިއާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މި ދަތުރަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ސުބްރަމާނިއަމް ޖައިޝަންކަރު އާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަލީލް ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް އޭނާ ކުރައްވާ ފުރަތަމަ ދަތުރެވެ. ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަލީލް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު 30، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox