ލުކާކޫ އާއި މެކްޓޮމިނޭ ގޯލު ޖަހައި ނަޕޯލީ އެއް ވަނަ އަށް

Jan 4, 2025, 8:27 PM
ލުކާކޫ އާއި މެކްޓޮމިނޭ ގޯލު ޖަހައި ނަޕޯލީ އެއް ވަނަ އަށް

ނޭޕްލްސް، އިޓަލީ (ޖެނުއަރީ 5) - އިޓާލިއަން ލީގުގައި މިރޭ ސްކޮޓް މެކްޓޮމިނޭ އާއި ރޮމެލޫ ލުކާކޫ ގޯލު ޖަހައި، 3-0 އިން ފިއޮރެންޓީނާ ބަލިކޮށް، ނަޕޯލީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު، 19 މެޗުން 44 ޕޮއިންޓް ހޯދައި ނަޕޯލީން ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ކުރިން އެއް ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 18 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ އިން މެޗު ހަމަކުރާއިރު، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ރަށުންބޭރުގައި ކުޅުނު ނަޕޯލީ އަށް މެޗުގެ 29 ވަަނަ މިނިޓްގައި ލީޑުނަގައިިދިނީ ލުކާކޫ ދިން ބޯޅައަކުން ޑޭވިޑް ނެރެސް ޖެހި ގޯލުންނެވެ.

ނަޕޯލީން ފުރަތަމަ ހާފު ލީޑުގައި އޮވެގެން ނިންމާލިއިރު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ނަޕޯލީން ލީޑުފުޅާކުރީ ޕެނަލްޓީ އަކުން ލުކާކޫ ޖެހި ގޯލުންނެވެ. ލުކާކޫ ވަނީ، އޭނާއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ހުރި ގޯލަށް ހަމަޖެހިލައިފައި ބޯޅަ ފޮނުވާލައި، ލީގުގައި ހަތް ވަނަ ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑަށް ކުރިން ކުޅުނު މެކްޓޮމިނޭ ނަޕޯލީގެ ތިން ވަނަ ގޯލު ޖެހީ 68 ވަނަ މިނިޓްގަ އެވެ.

އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ނަޕޯލީން މި ސީޒަނުގައި ލީގުގެ ރޭހުގައި ވާދަކުރަމުން އަންނައިރު، މީގެ އެއް ސީޒަން ކުރިން ނަޕޯލީން ވަނީ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ، 33 އަހަރު ފަހުން ނަޕޯލީ އަށް ލީގު ކާމިޔާބު ކުރެވުނު ފަހަރެކެެވެ. ނަޕޯލީން އެންމެ ފުރަތަމަ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދީ 1987 ވަނަ އަހަރު އެވެ. އޭގެ ފަހުން، 1990 ވަނަ އަހަރު އެވެ. ދެ ފަހަރު ވެސް ނަޕޯލީން އިޓަލީގެ ލީގު ތަށި އުފުލާލިއިރު، ތަރި އަކީ ޑިއޭގޯ މަރަޑޯނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox