އޭދަފުށި ބަލިކޮށް ގަމުން ގޯލްޑަން ޗެރިޓީ ޝީލްޑް ދިފާއުކޮށްފި

Jan 4, 2025, 6:18 PM
ގަމުގެ ކުޅުންތެރިން ޗެރިޓީ ޝީލްޑާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް

ގަމުގެ ކުޅުންތެރިން ޗެރިޓީ ޝީލްޑާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން، ބ. އޭދަފުށި 1-0 އިން ބަލިކޮށް، ލ. ގަމުން ގޯލްޑަން ޗެރިޓީ ޝީލްޑް ދިފާއުކޮށްފި އެވެ.

މިއީ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް މެޗު ކުރީގެ ދެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ގޮތަށް ފޯމެޓް ރޭވި ފަހުން ކުޅުނު ތިން ވަނަ ޝީލްޑް މެޗެެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2023 ވަނަ އަހަރު ތ. ތިމަރަފުށި 3-2 އިން ބަލިކޮށް ކ. ގާފަރުން ޝީލްޑް ކާމިޔާބުކުރި އެވެ.

ދެ ވަނަ ފަހަރަށް މިދިޔަ އަހަރު ޝީލްޑް މެޗު ކުޅުނުއިރު، ތިމަރަފުށި އަތުން ގަން މޮޅުވީ 3-2 އިންނެވެ. އަދި މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުގައި، 4-2 އިން އޭދަފުށި އަތުން ބަލިވި މެޗުގެ ބަދަލުހިފައި ގަން މި ވަނީ ޗެރިޓީ ޝީލްޑް ދިފާއުކޮށްފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު، ގަން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) ހުރީ އަނިޔާގަ އެވެ.

މިރޭގެ މެޗުގައި ލަނޑު ޖެހި ޖެންނޭ .ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަނެއްކޮޅުން މިދިޔަ އަހަރު އޭދަފުށްޓަށް ތަށި ހޯދައިދިން ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)، ހައިޝަމް ހަސަން (ބިޑި) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރިލީސް ދޭން އެއްބަސްނުވުމުން މި މެޗުގައި ނުކުޅެ އެވެ.

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ގަމުންނެވެ. ހިލޭ ޖެހުމަކުން އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅަ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މި މެޗުގައި އޭދަފުށްޓަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަލީ ނަސީމް (އައްޔަ) އާއި މުހައްމަދު ފާސިރު (ފާއްޓޭ) އަށެވެ. އައްޔަ ފޮނުވާލި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، ފާއްޓޭ އަށް ލިބުނު ފުރުސަތުގައި ގަމުން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

މިރޭގެ ޗެރިޓީ ޝީލްޑް މެޗުން، މޮޅުވި ގަމަށް ލިބުނު 25،000 ރުފިޔާ ވަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތް މާދަމާރޭ ފަށާއިރު، މި އަހަރުގެ މުބާރާތުގައި 129 ޓީމެއް ވާދަކުރެ އެވެ. މާދަމާރޭ އޮތީ ހއ. އާއި ހދ. ގެ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox