ރަށްރަށުގައި ކުންޏާއި ކަރަންޓު ބިލު އެއްކޮށްލަން ނިންމި ނިންމުން، ރައީސް އަންގަވައިގެން ބަދަލުކޮށްފި

މާލޭގެ މަގެއް މަތީ ކުނި ކޮތަޅުތަކެއް ބަހައްޓާފައި : ރަށްރަށުގައި ކުންޏާއި ކަރަންޓު ބިލު އެއްކޮށްނުލާން ވެމްކޯއިން މިހާރު ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

މާލޭގެ މަގެއް މަތީ ކުނި ކޮތަޅުތަކެއް ބަހައްޓާފައި : ރަށްރަށުގައި ކުންޏާއި ކަރަންޓު ބިލު އެއްކޮށްނުލާން ވެމްކޯއިން މިހާރު ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

މި މަހުން ފެށިގެން ރަށްރަށުގައި ކަރަންޓު ބިލުގެ ތެރޭގައި ކުނި އުކާލުމަށް ނަގާ ފީ ހިމަނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން ބާތިލުކޮށްފި އެވެ.

ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މިގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް ރައީސް މިފަދައިން ލަފާދެއްވި ސަބަބެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

"މި ބަދަލާއެލި، ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ ހިދުމަތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަން،" ވެމްކޯއިން ބުނެފައިވެ އެވެ.

Advertisement

އެހެންކަމުން ބިލު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުރިންވެސް އޮތް އުސޫލުން ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި މިހާރުވެސް ސްޓެލްކޯއިން ކޮންމެ މަހަކު ފޮނުވާ ބިލުގައި ކުނި އުކާލުމުގެ ފީ ކޮންމެ ގޭބިސީއަކަށްވެސް ފޮނުވަ އެވެ.

މި ނިންމުމާއެކު އޭރުވެސް ގިނަ ބަޔަކު ވެމްކޯ އަދި ސަރުކާރަށް ފާޑުކިޔެވެ. އެގޮތުން މިހެން ހެދުމުން ކުނި ނުއުފައްދާ ތަންތަނަށްވެސް ކުނީގެ ފީ ބިލު ކުރެވޭނެ ކަމަށް އާންމުންނާއި ވިޔަފާރިތަކުން ބުންޏެވެ.

އެ ފާޑުކިޔުންތަކާއެކު ކުނި ނުއުފައްދާ ތަންތަނުގައި ހުންނަ ކަރަންޓު މީޓަރުގެތަކުގެ މައުލޫމާތު ވެމްކޯއާ ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދުނެވެ.

ދެ ކުންފުނީގެ ބިލު އެއްކޮށްލައިގެން ބިލު ފޮނުވާއިރު، ކުނީގެ ހިދުމަތް ހޯދުމަށް ވަކިން ރަޖިސްޓަރީ ކުރާކަށް ނުޖެހެ އެވެ. ސްޓެލްކޯގެ ކަރަންޓު މީޓަރެއް ބަހައްޓާފައި ހުންނަ ކޮންމެ ތަނެއްގެ ބިލުގައި ވެސް ވެމްކޯގެ ފީ ހިމެނި ބިލުކުރެވެ އެވެ. ނަމަވެސް 34 ޔުނިޓަށްވުރެ މަދުން ކަރަންޓު ބޭނުންކުރާ ނަމަ އެ ގޭބިސީއަކުން ކުނި ނުއުފައްދާ ކަމަށް ބަލައި، ބިލެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox