އިއްޔެގެ ވިއްސާރައާ ގުޅިގެން ރައީސްގެ މެސެޖެއް ނެތް، ނައިބު ރައީސްގެ ޕޯސްޓު ޑިލީޓު ކުރައްވައިފި

ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުސެއިން : އިއްޔެގެ ވިއްސާރައާ ގުޅިގެން ރައީސްގެ މެސެޖެއް ނެތް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުސެއިން : އިއްޔެގެ ވިއްސާރައާ ގުޅިގެން ރައީސްގެ މެސެޖެއް ނެތް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރެކޯޑު އަދަދަކަށް ވެރި ރަށް މާލެއަށް ވާރޭ ވެހި ފެންބޮޑުވެ، ގިނަ ރަށްރަށަކަށް ވިއްސާރައިގެ ގެއްލުން ލިބުނު އިރު ރައްޔިތުންނަށް މެސެޖެއް ވެސް ނުދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނު ހުންނަވައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ އެސިސްޓެންޓު މީޓިއޮރޮލޮޖިސްޓު ހުސެއިން ވަހީދު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ރޭ 11:00 އާ ހަމައަށް މާލެ އަށް 162 މިލިމީޓަރު، އަދި ހުޅުމާލެ އަށް 164 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މިއީ ރެކޯޑު އަދަދެކެވެ.

މި ހާދިސާގައި މާލޭގެ ބޮޑު ބަޔެއް އެތައް ގަޑިއިރެއް ވަންދެން އޮތީ ފެނު އަޑީގަ އެވެ. ފެން ހިންދުމަށް ސިފައިންނާއި ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތްވީ ރޭ މެންދަމުން އަލިވާން ގާތްވެފަ ވަނިކޮށެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ވެސް އިއްޔެގެ ވިއްސާރައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއްވި އެވެ.

ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި ގައުމުގެ ވެރިން އާންމު އުސޫލުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް މެސެޖު ފޮނުއްވަ އެވެ. ބައެއްފަހަރު ގަންބޫޓާއި ކޯޓު ތުރުކުރައްވައިގެން އާންމުންގެ ގެތަކަށް ވެސް ވަޑައިގަންނަވަ އެވެ. ނަމަވެސް އިއްޔެގެ ހާދިސާއާ ގުޅިގެން ރައީސް ހިމެނޭހެން ސަރުކާރުގެ ވެރިން ތިއްބެވީ ހަނެވެ.

މި އަހަރު ފެށުނީއްސުރެ ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯސްޓެއް ނުކުރައްވަ އެވެ. މާލޭގެ ބޮޑު ބަޔެއް ފެނުއަޑީގައި އޮއްވައި އެމަނިކުފާނު ވަނީ އިންޑިއާގެ ހާރިޖީ ވަޒީރުގެ ޕޯސްޓެއް ރިޕޯސްޓު ވެސް ކުރައްވައިފަ އެވެ. އެހެންކަމުން ސޯޝަލް މީޑިއާއާ ދުރުގައި ހުންނެވީ ކަމަކަށް ނުބެލެވެ އެވެ.

ރައީސް އާ ހިލާފަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެކްސްގައި ރޭ ޕޯސްޓެއް ކުރެއްވި އެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަނިކުފާނު ވަނީ ޕޯސްޓު ޑިލީޓު ކުރައްވައިފަ އެވެ. ޑިލީޓު ކުރެއްވި ސަބަބެއް ނޭނގުނަސް ޕޯސްޓުގައި ލިޔުމުގެ ކުށެއްވެސް ނެތެވެ. އަދި ޕޯސްޓުގައި ދީފައިވާ މެސެޖަށް ބަލާއިރުވެސް އެއީ ނާއިބު ރައީސް ކުރެއްވުން ގޯސް ޕޯސްޓެއް ކަމަކަށް ނުފެނެ އެވެ.

ނައިބު ރައީސްގެ ޕޯސްޓުގައި އިލްތިމާސް ކުރައްވާފައިވަނީ ވިއްސާރައާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އާންމުން އިދާރާތަކުގެ އިރުޝާދުތަކަށް ސަމާލުކަންދީ އެެއްބާރުލުން ދިނުމަށެވެ.

އިއްޔެ، މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ވެސް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ އެވެ. ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް، މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox