ލޯން ޑީލެއްގައި ޒާކްޒީ ހޯދަން ޔުވެންޓަސް އިން ހުށަހަޅަނީ

Jan 1, 2025, 8:14 AM
ލޯން ޑީލެއްގައި ޒާކްޒީ ހޯދަން ޔުވެންޓަސް އިން ހުށަހަޅަނީ

ޓިއުރިން (ޖެނުއަރީ 1) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒާކްޒީ، ލޯން ޑީލެއްގެ ދަށުން ހޯދަން އިޓަލީގެ ޔުވެންޓަސް އިން މަސައްކަތް ކުރަމުން އަންނަ ކަަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުވެންޓަސްގެ ކޯޗަކަށް ހުރީ މިދިޔަ ސީޒަނުގައި، ޒާކްޒީއާ އެކު، އިޓަލީގެ ބޮލޯނިއާގައި މަސައްކަތްކުރި ކޯޗު ތިއާގޯ މޮޓާ އެވެ. ޔުވެންޓަސްގެ އެޓޭކް ވަރުގަދަކުރަން ކުރާ މަސައްކަތުގައި، މި މަހުގެ ޓްރާންސްފާ މާކެޓްގައި އިތުރު ފޯވާޑެއް ގަންނަން މޮޓާ ވަނީ އެ ކްލަބްގެ ބޯޑުގައި އެދިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި، މޮޓާ ބޭނުންވަނީ، ޒާކްޒީ އެވެ. އަދި އޭނާ ނުލިބިއްޖެނަމަ، ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ލިބޭތޯ ވާހަކަ ދައްކަން ވެސް ޔުވެންޓަސް އިން ތައްޔާރެެވެ.

ބޮލޯނިއާ އަށް 45 މިލިއަން ޑޮލަރު ދައްކާ ގޮތަށް، ޔުނައިޓެޑުން މި ސީޒަނުގައި ގެނައި ޒާކްޒީ އަށް އަދި އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކޭގޮތެއްނުވެ އެވެ. ޔުނައިޓެޑަށް ކުޅެދިން 19 މެޗުން އަދި ޒާކްޒީ އަށް ޖެހުނީ އެންމެ ތިން ގޯލެވެ. އަދި އެންމެ ފަހުން، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ޒާކްޒީ ބަދަލުކުރުމާ އެކު، ޔުނައިޓެޑުގައި އޭނާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކުރިން ބަޔާން މިއުނިކަށް ވެސް ކުޅުނު ޒާކްޒީ އަކީ ޔުނައިޓެޑުން ވިއްކާލާ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޔުނައިޓެޑުން ޒާކްޒީ ގެނައީ ކުރިން ހުރި ކޯޗު އެރިކް ޓެން ހާގުގެ އެދުމަކަށެވެ. އެކަމަކު، ޓެން ހާގުގެ ވަޒީފާ ގެއްލުމުން، ޔުނައިޓެޑުގެ ކޯޗަކަށް ގެނައި، ރުބެން އަމޮރިމްގެ ޕްލޭނުގައި ޒާކްޒީގެ މާ ބޮޑު ރޯލެއް އަދި ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox