ފޮންސޭކާ ވަކިކޮށް މިލާންގެ ކޯޗަކަށް ކޮންސެސާއޯ ހަމަޖައްސައިފި

Dec 31, 2024, 7:30 AM
ފޮންސޭކާ ވަކިކޮށް މިލާންގެ ކޯޗަކަށް ކޮންސެސާއޯ ހަމަޖައްސައިފި

މިލާން (ޑިސެމްބަރު 31) - އޭސީ މިލާންގެ ކޯޗުކަމުން ޕައޮލޯ ފޮންސޭކާ ވަކިކޮށް އެ މަގާމަށް ސާޖިއޯ ކޮންސެސާއޯ ހަމަޖައްސައިފި އެވެ.

މީގެ ކުރިން، އިޓާލިއަން ލީގުގައި އިންޓަ މިލާން، ލާޒިއޯ އަދި ޕާމާ އަށް ކުޅުނު މިޑްފީލްޑަރު، ކޮންސެސާއޯ، 50، ވަނީ މިލާނާ އެކު، 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް ޕޯޓޯގެ ކޯޗަކަށް ހުރި ކޮންސެސާއޯ އެ ޓީމާ ހަވާލުވެ ހޭދަކުރި ހަ އަހަރުގެ މުއްދަތުގެ ތެރޭގައި ވަނީ 11 ތަށި ހޯދައިފަ އެވެ.

ކޮންސެސާއޯގެ ކޯޗުކަމުގައި މިލާނުން ކުޅޭނެ ފުރަތަމަ މެޗަކީ އިޓާލިއަން ސުޕަ ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔުވެންޓަސްއާ ދެކޮޅަށް ޖެނުއަރީ ތިން ވަނަ ދުވަހު ނުކުންނަ މެޗެވެ. ކޮންސެސާއޯގެ ދަރިފުޅު، ފްރާންސިސްކޯ ކޮންސެސާއޯ ކުޅެމުން އަންނަނީ ޔުވެންޓަސް އަށެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާނުގެ ކޯޗުކަމުން ފޮންސޭކާ ވަކިކުރީ އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރޯމާއާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެވެ. އެ ނަތީޖާއާ އެކު، މިލާން އޮތީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. އަދި ލީގުގެ ކުރީގައި އޮތް އެޓަލަންޓާ އާއި ނަޕޯލީ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ.

މިލާނުގެ ކޯޗަކަށް ފޮންސޭކާ ހަަމަޖެއްސީ މިދިޔަ ޖޫން މަހު އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ސްޓެފާނޯ ޕިއޯލީ ވަކިކުރުމަށް ފަހު އެވެ. ޕިއޯލީގެ ކޯޗުކަމުގައި މިލާނުން ވަނީ 2022 ވަނަ އަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، 11 އަހަރު ތެރޭ މިލާނަށް އިޓާލިއަން ލީގު ކާމިޔާބުކުރެވުނު ފުރަތަަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި މިލާން ވަނީ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox