45 އަހަރު ފަހަތަށް ވެއްޓިއްޖެ، ޔުނައިޓެޑް ރެލިގޭޓްވެދާނެ

Dec 31, 2024, 4:15 AM
45 އަހަރު ފަހަތަށް ވެއްޓިއްޖެ، ޔުނައިޓެޑް ރެލިގޭޓްވެދާނެ

މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 އިން ނިއުކާސަލް ޔުނައިޓެޑް އަތްދަށުވެ، މެންޗެސްޓާ ޔުނައިޓެޑުން 45 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ލީގުގެ ތިން މެޗުން ބަލިވިއިރު، އެ ޓީމު ރެލިގޭޓްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

މިއީ، 1979 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި 1962 ވަނަ އަހަރުގެ ފަހުން، އެއް މަސް ތެރޭ ލީގުގެ ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި 1972 ވަނަ އަހަރުގެ ފަހުން، ލީގުގައި ނިއުކާސަލް އަތުން އަމިއްލަ ދަނޑުގައި ބަލިވި ދެ ވަނަ ފަހަރެވެ.

ރޭގެ ނަތީޖާއާ އެކު، ޔުނައިޓެޑް މި ވަގުުތު އޮތީ ލީގުގެ 14 ވަނައިގަ އެވެ. އެއީ 19 މެޗުން ހޯދި 22 ޕޮއިންޓާ އެކު އެވެ. ރެލިގޭޝަން ޒޯނާއި ޔުނައިޓެޑާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.

ޔުނައިޓެޑްގެ ކޯޗު އަމޮރިމް ބުނީ، ރެލިގޭޝަނަކީ އެ ޓީމަށް އޮތް ބިރެއް ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މި ހިނގާ ކަންކަން ސަޕޯޓަރުންނަށް ސާފުކޮށް ބުނެދޭން. އަހަރެންގެ ވެސް މައްސަލަ އެބަހުރި، ޓީމުގެ ހާލަތު އަހަންނަށް ބަދަލެއް ނުކުރެވޭ. ދެން، ބައެއް ކަންކަން ދަނީ އަހަރެން ބޭނުންވިޔަސް އެ ގޮތަކަށް ނޫން ދަނޑުމަތީގައި، މި ޓީމުގެ ގިނަ ބަޔަކު ނޫނީ މި ކްލަބްގެ ގިނަ ބަޔަކު ތިބީ ޝަކުވާ ކުރަން އާދަވެފައި. މި ކްލަބަށް ޝޮކެއް އެބަ ބޭނުންވޭ،" އަމޮރިމް ބުންޏެވެ.

ރޭގެ މެޗުގެ ހަތަރު ވަނަ މިނިޓްގައި ނިއުކާސަލް އިން ލީޑުނެގީ އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. އަދި ޖޮއެލިންޓަންގެ ގޯލުން ފުރަތަމަ ހާފުގައި ނިއުކާސަލް އިން ލީޑުފުޅާކުރި އެވެ. ޔުނައިޓެޑުން ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދޭން އަމަދު ޑިއާލޯ އާއި ކަސެމީރޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ސަސްޕެންޝަންގެ ސަަބަބުން ރޭގެ މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ނުކުޅެ އެވެ.

މި މޮޅާ އެކު، ނިއުކާސަލް ޔުނައިޓެޑް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އެއީ، 19 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox