އިންޑިއާ ސަރުކާރުން ރައީސް މަގާމުން ދުރު ކުރަން ނޫޅޭނެ: ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ): އިންޑިއާ ސަރުކާރުން ރައީސް މަގާމުން ދުރު ކުރަން ނޫޅޭނެ ކަމަށް ވިދާޅުވި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ): އިންޑިއާ ސަރުކާރުން ރައީސް މަގާމުން ދުރު ކުރަން ނޫޅޭނެ ކަމަށް ވިދާޅުވި

އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ރާއްޖޭގެ ރައީސަކު މަގާމުން ދުރު ކުރަން އެހީތެރި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ކުރި ތަހުގީގަކަށް ފަހު, އިންޑިއާއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ސަަރުކާރު ވައްޓާލަން އުޅުނު ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމެއް ކަމަށެވެ.

"އިންޑިއާއިން އެފަދަ ކަމަކަށް ދުވަހަކުވެސް އެއްބާރުލުމެއް ނުދޭނެ. އެ ގައުމުން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދު ކުރޭ. ދުވަހަކު ވެސް ޝަރުތުތަކެއް ކަނޑައަޅާ ނޫޅޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ރޭވިކަމުގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށެވެ.

ނަޝީދު އާއި އިންޑިއާއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް އޮންނައިރު، މި ސަރުކާރުން ފުރަތަމަކޮޅު އިންޑިއާއާ ދެކޮޅުވެރިކަން ދެއްކުމުން އެކަމާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅުވާން ފެށުމުން އެކަމަށް ނަޝީދު މަރުހަބާ ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން އިންޑިއާގެ ޖާސޫސީ އިދާރާ, ރޯއަށް "ޑިމޮކްރެެޓިކް ރިނުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ކަރުދާހެއް ހުށަހެޅީ އެމްޑީޕީން ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ކަރުދާހުގައި އޮތީ މަޖިލިސް މެންބަރުންނާއި ސިފައިންނާއި ފުލުހުންނާއި ގޭންގުތަކުގެ ބައިވެރިވުމާ އެކީ ސަރުކާރު ވައްޓާލަން ހުށަހަޅާފަ އެވެ. އެކަމަށް ބޭނުންވާ ހަ މިލިއަން ޑޮލަރު ކަމަަށް ވެސް ރޯއާ މުއާމަލާތްކުރި މީހުން ބުނެފައިވެ އެވެ. މި ފައިސާ ހަރަދުކުރަން ބޭނުންވީ ރިޝްވަތު ދިނުމަށާއި ގޭންގުތަކަށް ފައިސާ ދިނުމަށް ކަމަށް އެ ނޫހުން ބުންޏެވެ.

މިކަމުގައި އިންޑިއާގެ ބަޔަކާއެކީ މެދުވެރިޔެއްގެ ރޯލު އަދާކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ދެ މެންބަރުން ކަމުގައިވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށެވެ. ޝަހީމްއަކީ ރޯއާ ގާތް މީހެއް ކަމަށް ބުނާއިރު, އީސަ ވަނީ މަޖިލިސް އިންތިހާބަށް ވެސް އިންޑިއާއިން ފައިސާ ހޯދާނެ ކަމުގެ ޔަގީންކަށް ދީފަ އެވެ. ނަމަވެސް މިއިން އެއްވެސް ފަހަރެއްގައި އިންޑިއާއިން ފައިސާ ދީފައިވާ ކަމަކަށް ރިޕޯޓުގައި ނެތެވެ.

މެންބަރުން ގަނެގެން އަޒުލުުކުރަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް ރައީސްއާ ހަމައަށް ދިޔުމުން އެކަން ހިނގާތައް ބައްލަވަން ނުހުންނަވާ، އޭރު މަޖިލީހުގައި ތިބި 11 މެންބަރުން ގަންނަން ކޮންމެ މެންބަރަކަށް ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރި ކަމަށް ރައީސްގެ ޕާޓީގެ ބަޔަކާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ. އަދި ޖެހިގެން އައި މަޖިލިސް އިންތިހާބު ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ އެކީ އެމްޑީޕީއާ ދުރުވެ, އިންޑިއާއިން އަވަސް ވެގަތީ ގުޅުން ބަދަހިކުރަން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox