މިލާން އާއި ޔުވެންޓަސް އަށް ވެސް މޮޅެއް ނުލިބުނު

Dec 30, 2024, 5:09 AM
މިލާން އާއި ޔުވެންޓަސް އަށް ވެސް މޮޅެއް ނުލިބުނު

މިލާން (ޑިސެމްބަރު 30) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި ޔުވެންޓަސް އަށް ވެސް މޮޅެއް ނުލިބި ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ޔުވެންޓަސް އިން ފިއޮރެންޓީނާއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިލާނުން ރޯމާއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގު ތާވަލަށް ބަލާއިރު، ފަސް ވަނައިގައި އޮތް ފިއޮރެންޓީނާ އާއި ހަ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ފިއޮރެންޓީނާ އިން 18 މެޗު ކުޅެފައިވާއިރު، ޔުވެންޓަސް އިން ކުޅުނީ 17 މެޗެވެ. މިލާން އަށް ވަނައިގައި އޮތީ 17 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި އޮތް އެޓަލަންޓާ އާއި ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 18 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އިންޓަ މިލާނަށް 17 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.

ޔުވެންޓަސްގެ ކެޕްރެން ތުރާމް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިއޮރެންޓީނާ އިން އެއްވަރުކުރީ މޮއިސޭ ކީން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި ތުރާމް ވަނީ ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް، ފިއޮރެންޓީނާ އިން އެއްވަރުކުރީ ކީން ދިން ބޯޅައަކުން ރިކާޑޯ ސޮޓީލް ޖެހި ގޯލުންނެވެ.

މިލާން ދަނޑުގައި ރޭ 16 ވަނަ މިނިޓްގައި ޓިޖާނީ ރައިންޑާސް ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މާ ގިނައިރު ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. މިލާނަށް ލީޑުފުޅާކޮށްދޭން އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިިފި ިދިޔަތާ މާ ލަސްތަކެއް ނުވެ، މެޗުގެ 23 ވަނަ މިނިޓްގައި، ޕައޮލޯ ޑިބާލާ ވަނީ ގޯލެއް ޖަހައި، ރޯމާ އަށް އެއްވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox